ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ގެއްލިފައިވާކަމަށް ނިންމާ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި

ރިޔާސަތު ކައިރިއަށް މެންބަރުން އެއްވެ އިހުތިޖާޖުކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޒާމު ގެއްލިފައިވާކަމަށް ނިންމާ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ޖަލްސާ ބްރޭކްއަށް ދިއުމުގެ ކުރިން ރައީސް ނަޝީދު ވަނީ ދެން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްކަމަށް ވިދާޅުވެފައެވެ. 11 ޖެހިއިރު، މަޖިލީސް ފެށިއިރު، މެންބަރުން އަޑުގަދަކުރާ އަޑު އިވޭއިރު އެއް ބަޔަކު ގޮވަމުންދިޔައީ “ޗޯރު އިބުރޭ” އަށެވެ. އަދި އަނެއް ބަޔަކު “މުގާބޭ” އަށް ގޮވަމުން ދިޔައެވެ.

ތަޅުން ކޮންޓްރޯލު ނުކުރެވުމުން ރިޔާސަތުގައި އިންނެވި އަފީފް ވަނީ ނިޒާމު ގެއްލިފައިވުމުގެ ސަބަބުން ޖަލްސާ ދެން ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަދުގެ ހެދުނުގެ ސެޝަންގައިވެސް ވަރަށް ބޮޑަށް މަސްލަހަތު ގޯސްވެފައިވާއިރު، ހެދުނުގެ ސެޝަންގައިވެސް ޖަލްސާ މެދުކަނޑާލިއެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބަކީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ ރިޔާސަތު އޭރު ބަލަހައްޓަވަމުން ގެންދެވި ރައީސް ނަޝީދު ނިންމެވުމުންނެވެ. އެކަން އިއުލާންކުރެއްވުމާއިއެކު މަޖިލީހުގައި ތިބި ސަރުކާރު މެންބަރުން ވަނީ އަޑުގަދަކޮށްފައެވެ. އަދި ރައީސް ނަޝީދު އަމަލުކުރައްވަމުންދަނީ ގަވާއިދާއި ހިލާފަށްކަމަށް ބުނަމުން ގެންދިޔައެވެ. އަދި މެންބަރުން ދިޔައީ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ އަޑުއުފުލަމުންނެވެ

ހެނދުނުގެ ސެޝަންގައި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވަނީ ރިއްފަތު މަޖިލީހުގެ އިންތިޔާޒަށް އަރާގަނެފައިވާކަމަށް ބުނެ މައްސަލައެއް ހުށައަޅާފައެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މެންބަރުން މި މައްސަލަ ތަޅުމުން ބޭރުކޮށްލި ނަމަވެސް، މައްސަލަ ހުށައެޅުއްވި މެންބަރުން ތަކުރާރުކޮށް ބުނަމުން ދިޔައީ ރިއްފަތު މަޖިލީހުގެ އިމްތިޔާޒަށް އަރާގަނެފައިވާކަމަށެވެ. އަދި އެއް ބާރުން އަނެއް ބާރަށް އަރައިގަންނަމުންދާކަމަށްވެސް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: