ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ގޯތި ތެރޭގައި ރައީސް ނަޝީދު މެންބަރުނަށް ބިރުދައްކަވާކަމުގެ ތުހުމަތު!

ރުހުންވެވަޑައިގެން ރައީސް ނަޝީދު ނިޔާޒްއާއި ވާހަކަދައްކަވާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ގޯތި ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެންބަރުންނަށް އިންޒާރުދެއްވާކަމުގެ ތުހުމަތު އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރައްވައިފިއެވެ.

ޓުވީޓެއްކުރައްވާ ރޮޒައިނާ ވިދާޅުވީ މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭންޖެހޭ ފަރާތުން މިއަދު އެތައް މެންބަރުންނަކަށް ބިރުދައްކަވަމުން ގެންދަވާކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ އަނބުރާ ގެންދަން އަންގާ، ރައީސް ނަޝީދު ވަނީ އިންޒާރުދީފައިކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ޓުވީޓުގައި ރޮޒައިނާ ހިއްސާކުރައްވާފައިވާ ވީޑިއޯގައި ފެންނަނީ ވަރަށް ބޮޑަ ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް އަމާޒުކުރައްވާ ވާހަކަފުޅުތަކެއް ދައްކަވާ މަންޒަރެވެ. ނަމަވެސް ސީދާ ވިދާޅުވަނީ ކީކޭކަން ސާފެއް ނުވެއެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައިވެސް އީވާ ވަކިކުރުމުގެ މައްސަލައިގައި ނިޔާޒުއަށް ބަހުސް ހަމަލާތަކެއް ރައްދުކޮށްފައެވެ. އެގޮތުން ނިޔާޒަށް އަމާޒުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަސައްކަތް ތިޔަ ކުރައްވަނީ ޅ. ހިންނަވަރު ދޭލިޔާގެ މުހައްމަދުގެ ދަރިފުޅު އީވާ “އެއްލާލުމަށް” ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި ނިޔާޒް ވިދާޅުވީ، އެއީ ވަރަށް އުނދަގޫ ނިންމުމެއްކަމަށާއި، ނަމަވެސް އެ ނިންމުން ނިންމާފައިވާކަމަށެވެ. އެއާއިއެކު ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ގެއްލުމުން އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފާނުކަމަށް ވިދާޅުވެފައެވެ. ނިޔާޒް ވިދާޅުވީ ކައިރީގައި ހުންނަންވީ ވަގުތަކީ މިއީކަމަށެވެ. އަދި ޕާޓީން ވަކިވުމުން މަގާމުގައި ބަހައްޓަން ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބެވި މެންބަރުން ނިޔާޒް އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށްވެސް އީވާ މަޖިލީހުގެ ނައިބުކަމުން ވަކިކުރުމަށް ބިރުދައްކަމުންދާކަމަށެވެ. ނަމަވެސް ނިޔާޒް ވަނީ މިވާހަކަތައް ދޮގުކުރައްވާ، އޭނާއަށް ބިރު ނުދެއްކޭނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 86%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: