ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފި

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން  ފާސްކޮށްފައިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ 36 މެންބަރުންގެ ވޯޓާއިއެކުކަމަށެވެ.

އަސްލަމް ވިދާޅުވީ ޕާލިމަންޓު ގުރޫޕުން ބޭއްވި ބައްދަލުވުމުގެ އަގުލަބިއްޔަތުން ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން އިސްވެ ތިބެގެން މަޖިލީހަށް ވައްދަން ނިންމާފައިވާކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު، ރައީސް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ގޮތާއިމެދު މެންބަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑުކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އެކަން ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި އާއި އަދި އެހެނިހެން ފުރުސަތުތަކުގައިވެސް ފާހަގަކުރައްވަމުން ގެންދަވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ އެޖެންޑާއަށް އިޝާރާތްކުރައްވާ އަސްލަމް ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، އެއާއި ގުޅިގެން ރިޔާސަތުން ނިންމި ނިންމުތަކާއި، މައްސަލަ ކުރިއަށް ނުގެންދެވުމަށް ނިންމުމުން މުޅި މަޖިލީސް ހުއްޓުމަކަށް އައިކަމަށް އަސްލަމް ވިދާޅުވިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުންގެ ތެރެއިން، 42 މެންބަރުން މިއަދުގެ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވިއިރު، ރިޔާސަތު އުނިކުރުމަށްފަހު 41 މެންބަރުން ވޯޓުގައި ބައިވެރިވިކަމަށެވެ. އޭގެ ތެރެއިން 36 މެންބަރަކު ވަނީ ރައީސް ނަޝީދު އިތުޞާރު ނެތްކަމުގފެ މައްސަލަ މަޖިޅިހަށް ވެއްދުމަށް ވޯޓު ދެއްވާފައިކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ރަސްމީކޮށް ސޮއިކުރަން ފަށާފައިނުވާތީ، އެކަމާއި ގުޅޭ ގޮތުން ވަކި އަދަދެއް ދެންނެވުމަށް މާ އަވަސްކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: