ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރުކުރަންޖެހޭ ސަބަބެއް ނެތް: ޝިޔާމް

ރައީސް ނަޝީދު އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މަސައްކަތްތައް ފަށާފައިވުމާއިއެކު، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި، ސަރުކާރުން އަމަލުކޮށްފައިވާގޮތުން، ރާއްޖޭގެ މަސްލަހަތު ގެއްލިފައިވާކަމަށް ފާހަގަކޮށް، އިދިކޮޅުން ވަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުވަނީ ރިފްއަތު މަޖިލީހުގެ އިމްތިޔާޒު ނަގާލާފައިވާކަމަށް ފާހަގަކުރައްވާ އިތުރު މައްސަލައެއްވެސް ހުށައަޅާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްތަކެއް އަޅަމުންދިއުމާއިއެކު، މަޖިލީހުގެ ޖަލްސާގެ މަސްލަހަތު ގެއްލި ހުއްޓާލަންޖެހުމާއިއެކު، އެމްޑީޕީގެ ޕީޖީ ގުރޫޕުންވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ތައްޔާރުވަމުންދާކަން ހިއްސާކުރައްވާފައެވެ. އަދި މެމްބަރުންގެ އަގުލަބިއްޔަތާއިއެކު އެކަން ކުރިއަށް ގެންދަވާނެކަމަށް ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރިޔާސަތުން ރައީސް ނަޝީދު ދުރުކުރުމަށް އެމްޑީޕީއިން މިސްރާބު ޖަހާފައިވާއިރު، ޝިޔާމްވަނީ ރައީސް ނަޝީދުގެ މައްސަލަތަކެއް ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާލުވީ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހަކީ ސަރުކާރުން ބޭނުންވާހާ ކަމެއް ކުރަން އޮންނަ ތަނެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މަސައްކަތްތައް ފަށާފައިވުމާއިއެކު، ޝިޔާމް ނުރުހުން ފާޅުކުރެއްވިއިރު، މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާވަނީ މަޖިލީހުގެ ރައީސް ވަކި ކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަވެފައިވާކަންވެސް ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: