ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

ތަމްރީނުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އަދި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކަނޑުމަތީގެ ތަމްރީނުތަކެއް ފައްޓައިފިއެވެ.

އިންޑިއާ އަދި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހު ފަށާފައިވާ “އެކްސަސައިޒް އެކްތާ” ކިޔާ މި ކަނޑުމަތީގެ ތަމްރީނުތައް ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. މި ތަމްރީނުތަކުގައި އިންޑިއާގެ ނޭވީ ޑައިވަރުން ބައިވެރިވާއިރު، ރާއްޖޭގެ ފަރާތުން ތަމްރީނުގައި ބައިވެރިވަނީ މެރީން ކޮމާންޑޯސްއެވެ. މިއީ މި ހަރަކާތުގެ ހަވަ ބުރެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޑައިވިންގް ފަދަ ހާއްސަ އޮޕަރޭޝަންތަކުގައި ދެގައުމުގެ ސިފައިން އެކުގައި މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނައުމެވެ.

އެކްސަސައިޒް އެކްތާގެ ފަސް ވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ބުރުގައި ބައިވެރިވި އިންޑިއާގެ ސިފައިންނާއި ސެޓިފިކެޓުތައް ހަވާލުކޮށްދެއްވީ ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ގެނެރަލް އަބްދުﷲ ޝަމާލްއެވެ. އަދި ރާއްޖޭގެ “މެރީންސް އޮފް ސްޕެޝަލް އޮފަރޭޝަންސް ގުރޫޕު” އަށް ސެޓިފިކެޓުތައް ހަވާލު ކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރާއި، އެ ގައުމުގެ އިސް އަސްކަރީ ފަރާތެކެވެ. ފަސް ވަނަ ބުރު ނިންމާލަމުން، ދެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިންވެސް ވަނީ ތަމްރީނުގެ ބައިވެރިންނާއި މުހާތަބު ކުރައްވާފައެވެ.

ރާއްޖޭގެ ސިފައިންގެ މެރިން ކޯގެ 30 މީހުންނާއި އިންޑިއާގެ 10 ކޮމާންޑޯއެއް ބައިވެރިވި މި ތަމްރީނުތަކުގެ ތެރެއިން، ބަޑި ޖެހުމާއި، ކަނޑުމަތީގެ ހާއްސަ ހަރަކާތްތަކުގެ އިތުރުން ގޮއްވުމުގެ އުކުޅުތަކާއި ގާތުން ހަނގުރާމަ ކުރުމުގެ އުކުޅުތަކުގެ އިތުރުން ޑައިވް ކުރުމުގެ ހާއްސަ އުކުޅުތައްވެސް ދަސްކޮށްދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: