ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ މައްސަލަ އެޖެންޑާ ނުކޮށް އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ: އަސްލަމް

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްސަލަ އެޖެންޑާ ނުކޮށް އިތުރު މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ރިޔާސަތުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅި ނޯޓިސްގެ މުއްދަތު ހަމަވެފައި ވަނިކޮށް ދެން މަޖިލީހުގެ އެއްވެސް ކަމެއް ކުރެވޭނީ އެ ކަމެއް ނިންމުމަށް ފަހު ކަމަށެވެ.

އަސްލަމް ވިދާޅުވީ ދާއިމީ ކޮމިޓީތަކަކީ ދާއިމަށް ދެމިގެންވާ ކޮމިޓީތަކެއް ކަމަށާއި ކޮމިޓީތަކުގެ މެމްބަރުން ބަދަލުކުރުމަކީ ކޮމިޓީގެ މަސައްކަތް ހުއްޓުން ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް އެންގެވި ނަމަވެސް ކޮމިޓީތައް ހުއްޓިގެންދާނެ ޖާގައެއް ގަވާއިދުން ނުލިބޭ. މަޖިލީހުގެ ރައީސް އެފަދަ އަމުރެއް ނެރުމުހެ ޖާގަ މަޖިލީހުގެ ގަވާއދުން ނުލިބޭ

އަސްލަމް އީވާގެ މައްސަލަ އެޖެންޑާ ކުރުމަށް ގޮވާލާފައިވަނީ މަޖިލިސްގެ އަމީންއާއްމު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ

ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހަށެވެ.

އީވާގެ މައްސަލަ ހުށަހެޅުއްވި މެމްބަރަށް މަޖިލީހުގެ އަމީން އާއްމު ނިއުޝާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލެވިފައިނުވާތީ އީވާ ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް، މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ބަހުސްކޮށް ވާހަކަ ދައްކާ މެމްބަރުންގެ އަދަދާއި ވަގުތު އާއްމު ކޮމިޓީން ކަނޑައަޅަންޖެހެއެވެ. އެހެންކަމުން މިވަގުތު ކޮމިޓީތައް އެކުލަވާލެވައިފައި ނުވާތީ އެކަން ވާން ނެތް ކަމަށް އަމީން އާއްމު ވަނީ ނިންމާފައެވެ.

އީވާގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ އިދާރާ އަށް ހުށަހަޅާފައިވަނީ ހުސްވި މެއި މަހުގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް ނިންމާފައިވަނީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކާއި ގުޅުމަށް ނިންމާފައިވުމާއި މަޖިލީހަށް އީވާ ހޮވި ނައިބު ރައީސްކަމަށް އައްޔަން ކުރީ އެމްޑީޕީގެ މެމްބަރުން ކަމަށް ވާތީ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމްޑީޕީން އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމަށް ހުށަހެޅި ގަރާރުގައި ވެސް ފާހަގަކޮށްފައިވަނީ އެމްޑީޕީ ފިކުރު ނޫން އެހެން ފިކުރަކަށް ބަދަލުވެ ސަރުކާރަށް އީވާ އެއް ބާރުލުން ނުދޭތީ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމަށް ހުށަހަޅާ ކަމަށެވެ.ޭވަ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: