ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުތަޅުއެޅުނީ ވާދަވެރިންގެ އަނގައިގައި !

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި އެމްއާރުއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުތަޅުގެ ވާހަކަ ދައްކާ މިދުވަސްވަރު މަރުތަޅު އެޅުނީ ކޮންބައެއްގެ އަނގައިގަތޯ އާއި މަރުތަޅު ނިސްބަތްވަނީ ކޮންބަޔަކަށްތޯ މިއީ ކޮށްލުން ރަނގަޅު ސުވާލެކެވެ.

މަރުތަޅު އެޅުވުމަށް ވާދަވެރިން ކުރަމުންދިޔަ މަސައްކަތް ފެއިލްކޮށްލީި ސަރުކާރުން ކަމަށް ވެސް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.

އެމްޑީޕީ މަރުތަޅު އަޅުވަން އުޅެ ވާދަވެރިން މިއަދު އެވަނީ އެކަމުގައި ބަނދެވިފައެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ނުދެއްކި އެވަނީ މަރުތަޅު އެޅިފައެވެ. އިންތިހާބުގެ ކެމްޕޭން ގައި މަރުތަޅެއް ފާޑަކަށް އިދިކޮޅަށް ވަނީ އެޅިފައެވެ.

އިންތިހާބު ކައިރިވަމުންދާ ވަރަކަށް އިދިކޮޅުން މަޖިލިސް ކޮންޓްރޯލް ކުރަން އުޅި އެކަން ވެސް ވަނީ ނާކާމިޔާބު ވެފައެވެ.

ގާނޫނު އަސާސީގައި މަރުތަޅު އެޅުވުމަށް ކުރިހާ މަސައްކަތެއް މިއަދު މިވަނީ ފެނަށް ގޮސްފައިހެން ހީވާން ފަށަނީ މަޖިލިސް ހުސްކަމަކަށް ގެންދިއުމަށް ވާދަވެރިން ކުރަމުންދިޔަ މަސައްކަތް ފަނުފުލުން ދާތަން ފެނި އެކަމުގެ ހިތްދަތިކަން ހިތުތެރޭގައި އުފެދުމުންނެވެ.

އެންމެ ފުރަތަމަ ގައުމީ މަސްލަހަތު އެކުލެވޭ ކަމެއް ކަމަށް ބުނެ ޗާގޮސް މައްސަލައިގައި އެއްބައިވީ އިދިކޮޅުންނެވެ. އެއަށް ފަހު ފެންނަން ފެށި މަންޒަރަކީ ގަސްތުގައި ރޭވިގެން ވެރިކަމާ ދެކޮޅަށް ރައްދުތައްދީ ވެރިމީހާ ބަލިކަށި ކުރުމަށް ދުރާލާ ރޭވިގެން ކުރި މަސައްކަތެވެ. އެގޮތުން އިތުބާރު ނެތްކަމަށް ވަޒީރުންގެ މައްސަލަ ވައްދައި ގަރާރުތައް ހުށަހަޅައި އެކި ގޮތް ގޮތުން ސަރުކާރަށް ދަތިކުރިއެވެ.

ފަހަރުގައި އިދިކޮޅު ޕާޓީތަކުން ސިޔާސީ ބަދަލެއް ހިފާލީއެވެ. ހަގީގަތަކީ ސަރުކާރާއި އެމްޑީޕީ އޭގެ ގޮތުގައި ތިބެ އިދިކޮޅު ބަލިކަށި ކޮށްލި މަންޒަރު ކޮންމެ ދިމާލަކުން ފެނިި ހާމަވަމުންދާ މަންޒަރެވެ.

މިއަދު އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ދެއްކޭނެ މާ ބޮޑު ވާހަކަ އެއް ނެތުމުން، ދެން ވާދަވެރި އެހެން ޕާޓީތަކާއި ގުޅިގެން ކަނޑުވިއްކާލި ކަމަށް ބުނެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރަން ފެށީއެވެ.

ގައުމު ވިއްކުމާއި ދެކޮޅު ކަމަށް ބުނެ ތަކެތީގެ އަގު ބޮޑު ކަމަށް ބުނެ 2012 ގައި ވެސް ޕީޕީއެމް އިސްވެ އޮވެ މުޒާހަރާ ކުރިއެވެ. 2011 ގެ ފަހުކޮޅުގައި ކުރި މުޒާހަރާ ތަކުން 2012 ގައި އެމްޑީޕީ ވެރިކަން ބަދަލުވިއެވެ. ވަހުދަތާއި އިސްތިގުލާލާއި މިނިވަން ކަމާއި ސިޔާދަތާއި ދީނަކީ މިއީ ދިވެހިންގެ ހިތާއި ކުޅުމަށް ބޭނުންކުރާ މައިގަނޑު ކޮމްޕޯނަންޓްސް ތަކެވެ.

މިއަދު ލޯތަކަށް ފެނި ހާމަވެގެންދަނީ  2013 ގައި ފެނުނު ފަދަ މަންޒަރެއް ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ. ނަމަވެސް މިއަދު އެ ހާލަތަށް ގައުމު ނުދަނީ އިދިކޮޅުގެ ލީޑަރު ޖަލުގައި އޮތުމުން ކަމަށް ފަހަރުގައި ވެދާނެއެވެ. ނޫނީ އިދިކޮޅުގެ ގަޓެއް ނެތުމާއި އަމާޒެއް ނެތުމުންނެވެ.

ހަގީގީ މަރުތަޅު އެޅިފައިމިވަނީ އިދިކޮޅުގެ ފިކުރުގައެވެ. މަރުތަޅު  މިއަދު ރައްޔިތުންގެ ވިސްނުމާއި ތަރައްގީ ގައި އެޅުވުމަށް މަސައްކަތް މިހާތަނަށް ކުރަނީ އިދިކޮޅުންނެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހަގީގަތުގައި ވެއްދުމަށް މަޖުބޫރު ކުރީ އިދިކޮޅުގެ ސަަބަބުންނެވެ. އެހެންކަމުން މިއަދު ގައުމުގެ މިހާލަތާއި މެދު އިދިކޮޅުން ޒިންމާ ވާން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅުން ނެގީ 2019 ވަނަ އަހަރުއެވެ. އެއަށްފަހު މާލެ ސިޓިގެ ޝަކުވާއަކަށް ވެފައިވަނީ ސަރުކާރުން ޖެއްސުން ކުރާ ވާހަކައެވެ. އިދިކޮޅަށް ސަރުކާރުން މާލޭގެ ކަންކަން ކުރިޔަ ނުދިނުމަށް ޖެއްސުން ކުރާ ވާހަކަ ކެނޑިނޭޅި ސިޓީ ކައުންސިލްގެ އާއްމު ބައްދަލުުވުން ތަކުގައި ފާހަގަ ކުރިއެވެ. ނަމަވެސް އެކަމާއި ބެހޭ ގޮތުން އިދިކޮޅަށް ކުރެވޭނެ މާ ބޮޑު ކަމެއް އެކަމުގައި ނެތުމުން އެވާހަކަ މަޑުމަޑުން ހުއްޓާލީއެވެ.

މައި ސަރުކާރުން ކުރަން ބޭނުން ނުވާ ކަމެއް އިދިކޮޅަށް އެއްބާރުލުން ނުދީ ނުކުރެވޭނެއެވެ. އެހެން ކަމުން މިއަދު މާލެ ސިޓީ ކައުންސިލުން ދޭ އެންމެހައި ހިދުމަތަކީ އިދިކޮޅު މެމްބަރުންގެ ޖީބުން ހަރަދުކޮށްގެން ކުރާ މަސައްކަތްތަކަކަށް ނުވާނެއެވެ.

އެފަދަ ހާލަތެއް މީގެ ކުރިންވެސް ދިމާވިއެވެ. އެމްޑީޕީ ކައުންސިލްތަކުގެ ބާރު ޕީޕީއެމް ސަރުކާރުގައި ކަނޑުވާލިއެވެ. ރަށު ކައުންސިލްތައް އޮވެމެ ހައުސިން މިނިސްޓްރީން ރަށްރަށުގެ ބިމާއި ލޭންޑް ޔޫސް ޕްލޭންގެ އިތުރުން ހުއްދަތައް ޕީޕީއެމްގެ ވެރިކަމުގައި ދިން ދުވަސް ވެސް މާޒީވެ ގޮސްފިއެވެ.

ލާމަރުކަޒީ ނިޒާމު ހަލާކު ކުރުމަށް ޕީޕީއެމް އިން މަސައްކަތް ކުރި ކަަމަށް އޭރު ތުހުމަތު ކުރެވުނެވެ. ނަމަވެސް އެނިޒާމްގެ ފުރިހަމަކަން ކުރީގެ ރައީސް މައުމޫނަށްވެސް ވިސްނުންފުޅަށް ފަހުމުވެ ވަޑައިގަތީ 2004 ވަނަ އަހަރު ސުނާމީ ކާރިސާގައި ރަށްރަށުގެ ހާލަތު ދަށްވުމުގެ ސަބަބުން މާލެއިން ލިބެންޖެހޭ ހުއްދަ އެއް ނުލިބިގެން އެކަމެއް ނުވެ ވަގުތު ފާއިތުވާން ދިޔަ ހިސާބުންނެވެ.

އެރަށެއްގެ ކަންކަން އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމުގެ އިހްތިޔާރު ހޯދައިދިނުމަށް އިސްލާހީ އެޖެންޑާ މައުމޫން އެކަށަ އެޅުއްވީ 2004 ވަނަ އަހަރެވެ. އަދި 2006 ވަަނަ އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ހަދައި ޑީއާރުޕީ އުފެއްދީ ވެސް ލާމަރުކަޒީ ނިޒާާމާއި ސިޔާސީ ޕާޓީ ނިޒާމް ރާއްޖެއަށް ރަނގަޅު ކަމަށް މައުމޫނަށް ގަބޫލުކުރެވޭތީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެގޮތުން އޭރު ރައްޔިތުންގެ މަޖިލީހުގައި 2005 ވަނަ އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީ ރާއްޖޭގައި އުފެއްދުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ބޮޑުތި ބަހުސްތައް ކުރެވިގެން ދިޔައެވެ. އެދުވަސްވަރު އިސްލާހީ ހަރަކާތުގައި އެމްޑީޕީގެ މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވި ކަމަށް ތާރީހުގައި ލިޔެވިފައިވެއެވެ. ހަގީގަތުގައި ފިކުރުގެ ތަފާތުކުރުން އުޅެނީ މަރުކަޒީ އާއި ލާމަރުކަޒީ ނިޒާމާއި މެދުގައެވެ.

މަރުކަޒީ ވިސްނުމުން 30 އަހަރު ވިސްނަވަން ތަހުތުގައި އިންނަވާފައި ލާމަރުކަޒީ ވިސްނެވުމުން ވިސްނަވަން ގަނޑުވަރުގެ ބޭރުގައި ހުންނެވުމުން ދެ ނިޒާމު ދޭތެރޭގައި ތާއްޓެއް ވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެނީ ފަރިތަ ނިޒާމަކީ ރިޔާސީ ނިޒާމެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމްގެ ވާހަކަ ވެސް ދެކެވޭއިރު ރާއްޖޭގެ ގާނޫނު އަސާސީގެ ބޮޑުބައި ބައްޓަންވެފައި އޮތީ ރިޔާސީ ނިޒާމްގެ މައްޗަށެވެ. އެހެންކަމުން ގާނޫނު އަސާސީ މާނަ ކުރުމުގެ ނަމުގައި އިދިކޮޅުން ކުޅެމުންދާ ސިޔާސީ ޗަރުކޭހުގައި އެވެރިންނަށް އަމިއްލަ އަށް އެވަނީ އަތަށް ގޮވާފައެވެ.

މިއަދު ހަގީގަތުގައި މަރުތަޅުއެޅުނީ އިދިކޮޅުގެ އަނގައިގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 64%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 36%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: