ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދުގެ ސުވާލެއް: ސަރުކާރުގެ ނޭދެވޭ އަމަލުތައް ހުއްޓުމަކަށް ގެނަން ވަގުތު އައިސް ނުޖެހޭތޯ؟

ރައީސް ސޯލިހު އަދި މާވަށު ދާއިރާ މެމްބަރު ސައީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގަވަމުންދާ އަމަލުތައް ހުއްޓުމަކަށް ގެންނަންވެފައިނުވޭތޯ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލުކުރައްވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ގިނަ ދުވަސްތަކެއް ތަހައްމަލުކޮށްފައިވާކަމަށް އިޝާރާތްކުރައްވާ ސައީދުވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް ނަޒަރު ހިންގަމުންދާ ފަރާތްތަކަށް ދެ ގޮތަކަށް އަމަލު ކުރެވިދާނެކަމަށް ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ، މިހާރު އޮތް ހަގީގަތް ނޭނގޭކަމަށް ހެދިގެން ތިބެވިދާނެކަމަށެވެ. އަދި އެންމެހާ ކަންކަން އަމިއްލައަށް ހަމައަކަށް އެޅިގެންދާނެކަމަށްވެސް ބެލެވިދާނެކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ އަމަންކަމަކީ މި ސަރަހައްދުގެ އަމާންކަން ދައްކުވައިދޭކަމެއްގެ ގޮތުގައި ގަބޫލުކުރާނަމަ، ހިނގަމުންދާ ކަންކަން ހުއްޓުމަކަށް ގެންނަން ނުވޭތޯ އޭނާ ސުވާލުކުރެއްވިއެވެ. ސައީދު ވިދާޅުވީ، ތައުލީމީ ލިޔަންކިޔަން އެނގޭ މީހުންގެ އަދަދު ނުވަދިހަ ނުވަ އިންސައްތައަށް އަރާ ގައުމެއްގައި ޑިމޮކްރެސީ އޮންނާނީ ޅަފަތުގައި ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންއަކީ ރާއްޖޭގެ އެންމެ ތާއީދު އޮތް ފަރާތްކަން ވަރަށް ސާފުކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނަކީ އިދިކޮޅުގެ 2023 ވަނަަ އަހަރުގެ ރިޔާސީ ކެނޑިޑޭޓުކަމަށެވެ. އަދި އެމަނިކުފާނަކީ ނުހައްގުން ހައްޔަރުކުރެވިފައިވާ ހަމައެކަނި އިދިކޮޅު ލީޑަރުކަމަށްވެސް ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، އޭނާގެ ވާހަކަތަކާއި އެއްބަސްވެވަޑައިނުގެންނެވޭ ފަރާތްތަކުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 271 މީހުންގެ ލިސްޓަށް ބައްލަވާލައްވަންވީކަމަށެވެ.

އޭނާ ވިދާޅުވީ، އެއްބަސްވެވަޑައިނުގެންނެވޭނަމަ، ރައީސް ސާލިހުގެ ސަރުކާރުން ތާރީހު ދެކިފައިނުވާވަރަށް ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ބައްލަވަންވީކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު އަދި ހަމަޖެހޭ ސިޔާސީ ކޯލިޝަން ތަމްސީލުކުރައްވަނީ ރައީސް ޔާމީންކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނެތް ނަމަ، އިންތިހާބު މިވަން އަދި އިންސާފުވެރި ނުވާނެކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ޖުޑިޝަރީ ނިޒާމު އަތްދަށުކޮށްފައިކަމަށެވެ. އަދި އެހެނިހެން މުއައްސަސާތަކަށްވެސް ނުފޫޒު ފޯރުވަމުންދާކަމަށާއި، އެހެންކަމުން މި ކަންކަމަށް އަޅާ ނުލާ ދޫކޮށްލަވަންވީތޯ ނުވަތަ ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަންވީތޯ އެއީ ކުރުންވަރަށް މުހިންމު ސުވާލުތަކެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، ޓެކްސް ފައިސާ ހަރަދުކުރަމުންދަނީ ސާފުކޮށް ދެފުއްދެގޮތް އަދި ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަނަށް އަރައިގަނެފައިވާ ސަރުކާރެއް ދެމެހެއްޓުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: