ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣާލިބު، ދާއިރާ ރައީސްކަމުން އިސްތިއުފާދީ ޕީޕީއެމް އިން ވަކިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ އާއި އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް އަދި މާހައުލެއް ނެތް ކަމަށް ވިދާޅުވެ ޕީޕީއެމް ކެލާ ދާއިރާގެ ރައީސްކަމުންނާއި ޕާޓީގެ ސެނެޓުން އަހްމަދު ގާލިބް އިސްތިއުފާދެއްވައިފިއެވެ.

ގާލިބް އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ޕާޓީގެ މަގާމްތަކުން އިސްތިއުފާދީ ޕާޓީން ވަކިވުމަށް އެދި ހުށަހަޅާކަމަށެވެ.

ޕީޕީއެމް ކެލާ ދާއިރާ ރައީސް ކަމަށް ގާލިބް އިންތިހާބު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ގާލިބަކީ ޕީޕީއެމްގެ އެކި ހަރަކާތްތަކުގައި އިސް ސަފުން ފެންނަ ބޭފުޅެކެވެ. އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މެނޭޖަރުކަން ވެސް ކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެވޭނެ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ކަނޑަނާޅައި ލަސްކުރާ މައްސަލާގައި އެ ޕާޓީގެ ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިގެން އުޅޭތާ ދުވަސްތަކެއްވެއްޖެއެވެ.

ސެނެޓްގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ބުއްދިވެރި ގޮތަކީ ޔާމީންގެ ބަދަލުގައި، އެމަނިކުފާނު އިތުބާރު ކުރައްވާ ރިޔާސީ ކެންޑިޑޭޓަކު ނެރުމެވެ. އެކަމަކު، އެކަމާ ހިޔާލު ތަފާތުވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީނަށް ރިޔާސީ ޓިކެޓު ދީފައި އޮއްވައި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި ހެދުމަކީ ވެސް ބޮޑު ”ކުށަކަށް“ ވަނީ ވެފައެވެ.

ޔާމީންގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނެ، ޕީޕީއެމްގެ ކުރީގެ މެމްބަރު އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމާ އެކު ކަހަލަ ގޮތަކަށް ރަމީޒް ވަނީ ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އެކަމަކު، ސުލޫކީ ކޮމިޓީ އަށް ހާޒިރުވެ ދެއްވި ބަޔާނުގައި ރަމީޒު އެ ތުހުމަތުތައް ދޮގުކުރެއްވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ނޫން އެހެން ބޭފުޅެއް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާނެ ކަމަށް ވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތަފާތު އެކި މުނާސަބާތުތަކުގައި ވިދާޅުވެފައެވެ.

ރައީސް ޔާމީން އަށް ކުރިމަތި ނުލެވިއްޖެ ހާލަތެއް ނާންނާނެ ކަމަށާއި އެފަދަ ހާލަތަކާއި މެދު އެ ޕާޓީން ނުވިސްނާ ކަމަށްވެސް ލީޑަރޝިޕްގެ އިސް ބޭފުޅުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: