ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމް ތަކުރާރުކޮށް އަމީންއާއްމު އަރިހުން އެޖެންޑާ އިސްލާހުކޮށް އީވާގެ މައްސަލަ އެޖެންޑާކުރުމަށް އެދިވަޑައިގެންފި

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަދި މަޖިލީހުގެ އަމީން އާންމު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އިސްލާހުކޮށް މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ މިއަދުގެ މަޖިލީހުގެ އެޖެންޑާގައި ހިމަނައިދިނުމަށް  އެދި އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާގެ އަރިހުން އެދިވަޑައިގެންފިއެވެ.

ނިއުޝާއަށް އެޑްރެސްކޮށް އަސްލަމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޖޫން 6 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެޖެންޑާގެ 5.1 ގައި ބަޔާންކޮށްފައި އޮތް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް އެދުވަހުގެ ޖަލްސާގައި ހިނގަމުންދަނިކޮށް، އެ އެޖެންޑާ އައިޓަމް ކުއްލިއަށް މަޖިލީހުގެ ގަވާއިދާ ހިލާފަށް މެދުކަނޑާލުމަށްފަހު، އެ މައްސަލަ އެެޖެންޑާ ކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އަސްލަމް ވަނީ އެދިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް މިއަދު (ޖޫން 12 ވާ ހޯމަ ދުވަހުގެ ) ޖަލްސާ އަށް އެޖެންޑާ ކޮށްދެއްވުމަށް އަސްލަމް ނިއުޝާގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް ބުނެ އަމީންއާއްމުގެ ސިޓީ އެއް މައްސަލަ ހުށަހެޅި ފަރާތަށް ފޮނުވާފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައިނެތް ކަމަށް ބުނެ ކަން ފާހަގަކޮށްލެވެއެވެ.

އީވާގެ މައްސަލަ ހުށަހެޅުއްވި މެމްބަރަށް މަޖިލީހުގެ އަމީން އާއްމު ނިއުޝާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލެވިފައިނުވާތީ އީވާ ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް، މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ބަހުސްކޮށް ވާހަކަ ދައްކާ މެމްބަރުންގެ އަދަދާއި ވަގުތު އާއްމު ކޮމިޓީން ކަނޑައަޅަންޖެހެއެވެ. އެހެންކަމުން މިވަގުތު ކޮމިޓީތައް އެކުލަވާލެވައިފައި ނުވާތީ އެކަން ވާން ނެތް ކަމަށް އަމީން އާއްމު ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: