ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ހިމަނައިގެން އެމްޑީޕީއަށް ކޮމިޓީތަކުން ލިބޭ ސްލޮޓްތައް ކަނޑައަޅާތީ މައްސަލައަކަށް ހަދައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ބައެއް ޕާޓީތަކުގެ މެންބަރުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމަނައިގެން އެމްޑީޕިއަށް މަޖިލީހުގެ ކޮމިޓީތަކުން ލިބޭނެ އިންސައްތަ ކަނޑައަޅާތީ މައްސަލައަކަށް ހަދައިފައިވާ ކަމަށް ސަރުކާރާއި ވާދަވެރި މަޖިލިސް މެމްބަރުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްސަލަ އެޖެންޑާ ނުކުރުމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބުދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމުގެ ކުރިން އާންމު ކޮމިޓީގެ ބައްދަލުވުމަކުން އެ މައްސަލަ ކުރިއަށްގެންދާނެ ގޮތް ކަނޑައަޅަންޖެހޭކަމަށެވެ. ނަމަވެސް މިކަން އަދި ކުރެވިފައި ނެތްކަމަށާއި، އެހެންކަމުން މައްސަލަ އެޖެންޑާ ކުރެވޭނެކަމަށް ގަބޫލުނުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންނާއި ގުޅުން ހުރި މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިދިކޮޅުންވެސް ބޭނުންވާކަމަށާއި، ނަމަވެސް އެމްޑީޕީއިން އެކަން ބޭނުންނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އެކަން ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތް، ސަބަބަކީ އާންމު ކޮމިޓީއިން ނިންމަންޖެހޭ ނިންމުން ނުނިންމާ އޮތުން. އެވަރަށް ސާފުކޮށް ގަވާއިދުގައި އެބަ އޮތް.

އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ޕާޓީތަކުގެ ނިސްބަތުން ކޮމިޓީތައް ބެހުމަށް ގަވާއިދުގައި އެބައޮތްކަމަށެވެ. ނަމަވެސް އެމްޑީޕީއިން ބޭނުންވާ 64 އިންސައްތަ ކޮންމެ ކޮމިޓީއެއްގައި އޮންނަން ނުޖެހޭކަމަށާއި، އެއީ އެއްބަސްވެވޭކަމެއް ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެއްވެސް ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްނޫންކަމަށާއި، ނަމަވެސް އެމްޑީޕިއިން ހިސާބު ހަދާ އެ ޕާޓީއަށް 64 އިންސައްތަ އެބައޮތްކަމަށް ބުނަނީ ރައީސް ނަޝީދު ހިމަނައިގެންކަމަށް އާޒިމް ވިދާޅުވިއެވެ. ކޮމިޓީއެއްގައި ނީންނަވާ ބޭފުޅަކު، ކޮމިޓީތަކުގެ ސްލޮޓު ބަހާއިރު ހިމެނުމުން އިންސައްތަ އިތުރުވާކަމަށް އާޒިމް ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަޝްވަރާތައް ކުރަމުންގެންދާކަމަށް އާޒިމް ވިދާޅުވިއެވެ. މަޖިލީސް ކުރިއަށް ނުދާ ސަބަބާއި ގުޅިގެން އާޒިމް ވިދާޅުވީ ސަރުކާރުން މަޖިލީސް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށެވެ. އަދި އެއީ ސަރުކާރު ޒިންމާދާރުކުރުމަށް މަޖިލީހުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: