ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން މަސައްކަތްކުރަމުންދަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފާރަލުމަށް ވަސީލަތްތައް ގާއިމުކުރުމަށް: އެމެރިކާ

އެމެރިކާ ސަރުކާރުގެ އިސް ފަރާތެއްކަމަށްވާ ޖޯން ކާރބީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ކިއުބާ މެދުވެރިކޮށް އެހެނިހެން ގައުމުތަކަށް ފާރަލުމާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސަރުކާރުގެ ފަރާތުން ވައިޓު ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލު ކޯޑިނޭޓަރު ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޖޯން ކާރބީވަނީ އެ ގައުމުގެ މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ޗައިނާގެ އަމަލުތައް ހުރި ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ޗައިނާއިން ކިއުބާގައި ތިބެ، އެމެރިކާއަށް ފާރަލައި މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާތާ އަހަރުތަކެއް ވެފައިވާކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ، އެ ގައުމުގެ މަޝްހޫރު ހަބަރު ފަތުރާ ވަސީލަތެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ވާހަކައަކަށެވެ. ވޯލް ސްޓްރީޓު ޖޯނަލް އިން ރިޕޯޓު ކޮށްފައިވާގޮތުން، ޗައިނާ އާއި ކިއުބާ އިން ވަނީ ދާދި ފަހުން، ފާރަލުމަށްޓަކައި ވަސީލަތްތަކެއް ގާއިމު ކުރުމަށް އެއްބަސްވުމެއް ސޮއިކޮށްފައެވެ. އެހެންނަމަވެސް އޭނާ ވަނީ އެ ނޫހުގައި ޝާއިއުކޮށްފައިވާ ވާހަކަތައް ރަނގަޅު ނޫންކަމަށް ވިދާޅުވެފައެވެ.

ކާރބީ ވިދާޅުވީ، ޗައިނާއިން ކިއުބާގައި އެފަދަ ވަސީލަތެއް ގާއިމުކޮށްފައިވާތާ އެތައް އަހަރުތަކެއް ވެފައިވާކަމަށެވެ. އަދި ޗައިނާއިން ވަނީ އެ ގައުމުން ކިއުބާގައި ގާއިމުކޮށްފައިވާ ވަސީލަތްތައް 2019 ވަނަ އަހަރުގައި ޒަމާނީ ފެންވަރާއި އެއްގޮތްކޮށްފައިކަމަށް ބުނެފައިވާއިރު، އެ މައްސަލައަކީ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ވާރުތަވެގެން އައި މައްސަލައެއް ކަަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވަމުން ކާރބީ ވިދާޅުވީ، ބައިޑެން ސަރުކާރު ވެރިކަމާއި ހަވާލުވުމުން، ޗައިނާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ބައެއް ނާޒުކު މަސައްކަތްތަކުގެ މައުލޫމާތުތައް ލިބިގެންދިޔަކަމަށެވެ. އެގޮތުން ޗައިނާއިން މަސައްކަތްކުރަމުންދަނީ ގައުމުން ބޭރުގައި އަތްގަދަ ކުރުމަށްކަމަށާއި، އެގޮތުގެ މަތިން މުހިންމު ބައެއް ވަސީލަތްތައް އެކި ކަންކޮޅުތަކުގައި ގާއިމު ކުރަމުންދާކަމަށް ބުނެފައިވެއެވެ. އެމެރިކާއިން ބުނެފައިވާގޮތުން، ޗައިނާގެ މަގުސަދަކީ ޕީޕަލްސް ލިބަރޭޝަން އާރމީއަށް ދުރު ރާސްތާތަކަށްވެސް އަސްކަރީ ނުފޫޒު ފޯރުވުމަށް ފަހި ކުރުމެވެ.

އެމެރިކާގެ ސަރުކާރުން ބުނެފައިވާގޮތުން، ޗައިނާއިން މަސައްކަތްކުރަމުންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކިއުބާގައި ހުންނަ ފަދަ ތަންތަން ގާއިމުކޮށް އެފަދަ ފާރަލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވި ފަރާތުންވަނީ އެ  މައުލޫމާތުތައް އިންޓެލިޖެންސް ރިޕޯޓުތަކުން ފެންނަން ހުރިކަމަށްވެސް ބުނެފައެވެ.

ކިއުބާއިންވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން، އެ ސަރަހައްދުގައި އެހެނިހެން ގައުމުތަކުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވުމާއި ދެކޮޅުކަމަށް ބުނެފައިވާއިރު، ޗައިނާިއންވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ވޭންގެ ވެންބިން ބުނެފައިވާގޮތުން، ޗައިނާއިން ކިއުބާގައި ސްޕައި ފެސިލިޓީއެއް ގާއިމުކޮށްފައިވާކަމާއި ގުޅޭ ގޮތުން އޭނާއަށް އެއްވެސް މައުލޫމާތެއް ލިބިފައިނުވެއެވެ. އޭނާ ވަނީ އެމެރިކާ އެއީ މުނާފިގުންތަކެއް ކަމަށްވެސް ބުނެފައެވެ. އަދި ހެކު ކުރުމާއި މީހުންނަށް ނޭނގި ފާރަލުމުގެ އެންމެ އިސް ފަރާތަކީ އެމެރިކާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: