ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގައި ކާރު އުފައްދާ އެންމެ ބޮޑު ކުންފުނިން ޓެސްލާ އާއި ގުޅިގެން މަސައްކަތްކުރަނީ

މަޝްހޫރު ބިލިއަނަރު އީލޮން މަސްކު އަދި ޖެނަރަލް މޮޓޯރޒްގެ ސީއީއޯ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގައި ކާރު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުންފުނިކަމަށްވާ ޖެނެރަލް މޮޓޯރޒް އިން ޓެކްނޮލޮޖީގެ ދުނިޔޭގައި ފިޔަޖަހަމުންދާ އެންމެ ވަރުގަދަ އެއް ކުންފުނިކަމަށްވާ ޓެސްލާގެ ޗާޖިންގް ސްޓޭޝަންތަކުން އެ ކުންފުނީގެ ކަރަންޓު އުޅަނދުތައް ޗާޖު ކުރެވޭ ގޮތަށް ހެދުމަށް ނިންމައިފިއެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ޕޮންޓިއެކް ކެޑިލެކް އަދި ޝެވޮރލޭ ފަދަ މަޝްހޫރު ބްރޭންޑުތަކުގެ ވެރި ޖެނެރަލް މޯޓޯރޒް އާއި ބިލިއަނަރު އީލޮން މަސްކުގެ ޓެސްލާ ކުންފުނި އެކުގައި މަސައްކަތްކުރާތަން ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ކޮޅު ފެނިގެންދިއުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

ޖެނެރަލް މޯޓޯރޒްއިންވަނީ މި ފިޔަވަޅުގެ ތެރެއިން، އެ ކުންފުނީގެ ކަރަންޓު ކާރުތަކުގައި ޓެސްލާގެ ކަނެކްޓާރ ޕްލަގު ބޭނުންކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. ޖެނަރަލް މޮޓާރޒްއިން މި ނިންމުން ނިންމާފައިވަނީ އެމެރިކާގައި ދެވަނަ އަށް އެންމެ ގިނައިން ކާރު އުފައްދާ މަޝްހޫރު ކުންފުންޏެއްކަމަށްފާ ފޯޑު އިން ވެސް ޓެސްލާ އާއި ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވަނިކޮށެވެ.

ކާރު އުފެއްދުމުގައި ބައިނަލްއަގުވާމީ މައިދާނުގައިވެސް އިސްކޮށް ހަރަކާތްތެރިވާ މި ދެ ކުންފުނިންވެސްވަނީ ޓެސްލާގެ ޗާޖިންގް ކަނެކްޓަރު އެ ދާއިރާގެ ސްޓޭންޑަރޑު ކަނެކްޓަރަށް ހެދުމުގެ މަސައްކަތްތައް ފަށާފައިވާކަން އާންމުކޮށްފައެވެ. ޖެނެރަލް މޮޓާރްޒްގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ މެރީ ބާރާ އަދި ޓެސްލާގެ ފަރާތުން އީލޮން މަސްކުވެސްވަނީ ޓްވިޓާރ މެދުވެރިކޮށް މިކަން ޔަގީންކޮށްދެއްވާފައެވެ.

ޖެނެރަލް މޮޓާރޒްއިން މި ނިންމުން ނިންމާފައިވަނީ ފޯޑު ކުންފުނީގެ ސީއީއޯ ޖިމް ފާރލީ އެ ކުންފުނީގެ އުޅަނދުތަކުގައި ޓެސްލާ ކަނެކްޓަރޒް ހަރުކުރުމަށް ވިސްނާފައިވާކަން ހާމަކުރިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ފޯޑުން އެ ނިންމުން ނިންމާފައިވަނީ ޓެސްލާގެ ޗާޖިންގް ސްޓޭޝަންތަކަކީ ގައުމުގެ އެންމެ ބޮޑު ސްޓޭޝަންތަކަށްވުމުންނެވެ.

ކާރު އުފެއްދުމުގެ ސިނާއަތުގެ އިސް ފަރާތްތަކުން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ޓެސްލާގެ ޝެއަރތަކުގެ އަގުތައްވަނީ 6 އިންސައްތަ އިތުރުވެފައެވެ. އަދި ފޯޑާއި ޖެނެރަލް މޮޓޯރްޒްގެ ވެސް ޝެއަރގެ އަގުވަނީ އިތުރުވެގޮސްފައެވެ.

މަޝްހޫރު ބިލިއަނަރު އީލޮން މަސްކުގެ ޓެސްލާ ކުންފުނިންވަނީ އެމެރިކާގެ އެކި ސަރަހައްދުތަކުގައި 17،000 އާއި ގާތް ކުރާ އަދަދަކަށް ސުޕާރ ޗާޖު ކުރެވޭ ސްޓޭޝަންތަކެއް ގާއިމުކޮށްފައެވެ. މިއީ މުޅި އެމެރިކާގައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ގާއިމުކޮށްފައި ހުރި ޖުމުލަ ސްޓޭޝަންތަކުުގެ 31 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: