ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާގައި ކައިވެނި ހަފްލާއަކަށް ބޭނުންކުރި ބަހެއް އެކްސިޑެންޓުވެ ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

ކައިވެނި ހަފްލާ ނިންމާލާފައި ދިޔަ ބަސް އެކްސިޑެންޓުވެ ފުރޮޅާލައިފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާގައި ކައިވެނި ހަފްލާއެއްގައި ބޭނުންކުރި ބަހެއް އެކްސިޑެންޑުވެ ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ބަޔަކަށް ބޮޑެތި ޒަހަމްތައް ވެއްޖެއެވެ.

ބޭރު ދުނިޔޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، އެކްސިޑެންޓުވެފައިވާ ބަހަކީ، ކައިވެނީގެ ހަފްލާއެއް ނިންމާލުމަށްފަހު، ގެއަށް އެނބުރި ދިޔަ ބަޔަކު، ގޮވައިގެން ދަތުރު ކުރި ބަހެކެވެ. ކައިވެނީގެ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ރާ އުފައްދާ ވައިނަރީއެއްގައެވެ. އެ ބަހުގައި ހިމެނުނު މީހުންގެ ތެރެއިން 25 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެކްސިޑެންޓުގައި ދިހަ މީހަކު ނިޔާވެފައިވަކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، އެ ހަފްލާ ކުރިއަށް ގެންދިޔަ ހަންޓާ ވެލީ ކިޔާ ސަރަހައްދަކީ ރާ ބުއިމަށް ޝައުގުވެރިވާ ފަތުރުވެރިން ގޮސް އުޅޭ ސަރަހައްދެކެވެ. އެ ގައުމުގެ ފުލުހުންވަނީ މި އެކްސިޑެންޓާއި ގުޅިގެން، ބަސް ޑްރައިވަރުގެ މައްޗަށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވުމުގެ 10 ދައުވާ އުފުލާފައެވެ. އެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފާ ދިޔަ ބަސް ފުރޮޅާލުމުގެ ސަބަބުންނެވެ.

އޮސްޓްރޭލިއާގެ ފުލުހުން މީޑިއާ ތަކާއި ހިއްސާކޮށްފައިވަގޮތުން، އެ މުއައްސަސާއިން އަދިވެސް މަސައްކަތްކުރަމުންދަނީ ނިޔާވި މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށެވެ. މި އެކްސިޑެންޓުގައި ކައިވެނި ހަފްލާގެ ބައިވެރިން ޝާމިލުވި ނަމަވެސް، އަލަށް އިން ދެ މީހުންވެސް ބަހަށް އެރިކަމަށް އެއްވެސް ފަރާތަކުން ބުނެފައިނުވެއެވެ.

އެ އެކްސިޑެންޓު ހިންގާފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވާގޮތުން އެ ވަގުތު އެ ސަރަހައްދުގައި ވަރަށް ގަދައަށް ދުން ފިނި އުފެދިފައިވެއެވެ. އަދި އެ ސަރަހައްދުން ދުއްވާފައިދަމުން އަނބުރާލުމުގެ ތެރެއިން ބަސް ފުރޮޅާލީކަމަށެވެ.

ފުލުހުން މީޑިއާ ތަކާއި ހިއްސާކޮށްފައިވާގޮތުން، ބަހުގައި ތިއްބެވި ފަރާތްތައް އެ ވަގުތު ދަތުރު ކުރަމުންދިޔައީ އެ މީހުން ތިބޭނެ ތަނަކަށް ދިއުމަށެވެ. އެކްސިޑެންޓުގައި ޒަހަމުތައް ލިބުން މީހުންގެ ތެރެއިން ދެ މީހަކު ހެލިކޮޕްޓަރު މެދުވެރިކޮށް އެ ސަރަހައްދުން ގެންދަންޖެހުނެވެ. އޮސްޓްރޭލިއާގެ ބައެއް މީޑިއާތަކުން ބުނާގޮތުން، އަނިޔާތައް ލިބިފައިވާ އެކަކު އޮތީ ސީރިއަސް ހާލަތެއްގައެވެ.

މި ހާދިސާއާއި ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒްވަނީ ހިތާމަ ފާޅުކުރައްވާފައެވެ. އޭނާވަނީ އެފަދަ އުފާވެރި ދުވަހެއްގައި ދިމާވި އެކްސިޑެންޓު އެއީ ނާއިންސާފުވެރިކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މީހުން ކައިވެނީގެ ހަފްލާތަކަށް ބަސްތައް ކުއްޔަށް ނަގަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ކަމަށްވުމުން، އެ ހާދިސާ އިތުރަށް ހިތާމަވެރިވެގެންދާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: