ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ މަޖިލިސް ހުއްޓުވާފައިވަނީ ރައީސް އަންގަވައިގެން: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ މެމްބަރުން ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު އަންގަވައިގެން، ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 11 ވަނަ ޖަލްސާ އަށް އެމްޑީޕީގެ މެމްބަރުން ހުރަސް އެޅުއްވުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލަންޖެހުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު އިސްވެ ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށާއި، އެފަދައިން ކަން ކުރެއްވީ މައިގަނޑު ދެ ސަބަބެއް އޮވެގެން ކަމަށެވެ.އެ ދެ ސަބަބަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުތައް މަޖިލިސް ތެރެއިން ހުއްޓުވުމާއި، އިންތިޚާބު ތަކަށް، ސަރުކާރުން ނާޖާއިޒު ފައިދާ ނަގަމުންދާ ދިޔުމާއި ދެކޮޅަށް ވާހަކަދެއްކުން ހުއްޓުވަން ކަމުގައި އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ މެމްބަރުން ހުއްޓުވީ މަޖިލީހުގެ ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެންބަރު އިންނެވީ ޤަވާއިދާއި ޚިލާފަށް ކަމަށް ބުނެ، އަދި ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ ކަމަށާ، ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅާނެ ގޮތް މަޖިލީހުގެ ޤަވާއިދުގައިވާ ކަމާއި، އަދި އެކަންކަން ކުރިއަށް ދަނީ ގަވާއިދާއި އެއްގޮތަށް ކަމަށް އިދިކޮޅު ޕާޓީ ތަކުން ދެކޭ ކަމަށެވެ. އަދި އެމްޑީޕީން މަޖިލީސް ކުރިއަށް ގެންދިޔުމާއި ދެކޮޅު ހަދައި މަޖިލީސް ހުއްޓުވުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ އަނެއް ސަބަބަކީ ކޮމިޓީތައް އެކުލަވައި ނުލެވުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތައް އުވިގެން ނުދާ ކަމަށާއި، އެހެންނަމަވެސް ކޮމިޓީ ތަކުގައި މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާއި އެކު ކޮމިޓީ ތަކުގައި ހިމެނޭ ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ނިސްބަތާއި މެދު އެއްބަސް ނުވެވި އަލުން ކޮމިޓީ އެކުލަވައި ނުލެވެނީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އެހެން ވިދާޅުވި އިރު މަޖިލީހުގެ ނައިބު ރައީސް އާއި މަޖިލީހުގެ ރައީސް ވަނީ  މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: