ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތްތުން ދިފާއުވާނެ ތަމްރީނުތަކެއް އެމްއެންޑީއެފް އަދި އިންޑިއާ ސިފައިން ގުޅިގެން ފަށައިފި

ތަމްރީނު ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

“އެކްސް އެކުވެރިން” ގެ ނަމުގައި އިންޑިއާ އަދި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފިއެވެ.

އިންޑިއާގެ ނޫހެއްގައި ޝާއިުކޮށްފައިވާގޮތުން، މިހާރު ފަށާފައިވަނީ “އެކްސް އެކުވެރިން” ގެ 12 ވަނަ ތަމްރީނު ޕްރޮގްރާމްއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިންޑިއާގެ އުތްރަކާންދްގައެވެ. އަދި ޖޫންމަހުގެ 11 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށް ބުނެފައިވެއެވެ.

އެކުވެރިންގެ ގޮތުގައި ނަން ދެވިފައިވާ މި ތަމްރީނުތަކަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް ދެ ގައުމުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ. މި ތަމްރީނުތަކުގައި ދެ ގައުމުން “ޕްލެޓޫން” އަކާއި ގާތް ކުރާ އަދަދަކަށް ސިފައިން ބައިވެރިވެއެވެ. އާންމު ހާލަތެއްގައި 20-50 ވަރަކަށް ސިފައިން ހިމެނެއެވެ. މި ތަމްރީނުތައް ކުރިއަށް ގެންދަނީ 14 ދުވަހަށެވެ.

ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި ބަގާވާތްތައް ހިނގުން ފަދަ ހާލަތްތަކުން އަރައިގަތުމަށް ދެ ގައުމުގެ ސިފައިން އެކުގައް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ހިމެއެވެ. އަދި ޓެރަރިޒް އާއި ދެކޮޅަށް އދ އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާއި، ގުޅިގެން އިންސާނީ އެހީ ފޯރުވުމާއި ކާރިސާތަކުގައި ހަރަކާތްތެރިވާން ދަސްކޮށްދިނުންވެސް ހިމެނެއެވެ. މި ތަމްރީނުތަކުގައި މަސައްކަތްކުރާނީ ދެ ގައުމުގެ ބެސްޓު ޕްރެކްޓިސަސް ހިއްސާކޮށް، ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމްތަކުގެ 11 ވަނަ ބުރު ކުރިއަށް ގެންދިޔައީ ރާއްޖޭގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ދެ ގައުމުގެ ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން އިންޑިއާއިން ރާއްޖޭގެ ސިފައިންނަށް ތަމްރީނުތައް ދެމުންދާއިރު، ބައެއް ވަސީލަތްތައްވެސް ފޯރުކޮށްދެއެވެ. ދެ ގައުމުންވެސް ދަނީ ސަގާފީ އަދި ދިފާއީ ކަންކަމުގައި ގުޅުން ވަރުގަދަ ކުރަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މީ ވިކިފަ އޮތް ނޫހެއް ފަޅާ އަރުވާލެވޭނެ ެއްޗެއް ނެއް، ޤައުމު އަޅުވެތިކަމަށް ގެންދާން މަސައްކަތް ކުރާމަންޒަރު ފެންނަނީ

  2. އެހެންވީމާ އާކަމެއް ނޫން ދީ. 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމެއް. 2 އަހަރު ތަމްރީނު ހެދުނު ތަނާ ބަޣާވާތް އޭރު ކުރެވުނީ. އެފަހުން 9 ވަރަކަށް ބުރު އެޅުނީމަ މިހާރު ރޯފިލާފަ ކަމަށް މިބަލަނީ ތިބޭނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: