ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓިކް ވެއްޓެއްގައި މަޖިލީހުގެ ރައީސް އަމަލުކުރަންވާނީ ގާނޫނާއި އެއްގޮތަށް: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓިކް ވެއްޓެއްގައި މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރައްވާ ފަރާތެއް އަމަލުކުރައްވާނީ ގާނޫނާއި ގަވައިދާއި އެއްގޮތަކަށްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައި، އެމްޑީޕީގެ ޕީޖީ ގުރޫޕުން މަސައްކަތްކުރަމުންދަނީ ދެ ބޭފުޅުންވެސް ރިޔާސަތުން ވަކިކުރުމަށެވެ. އެމްޑީޕީއިން މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ އެ ދެ ބޭފުޅުން ރިޔާސަތުގައި ތިއްބަވައިގެން އަމަލުކުރައްވާ ގޮތުގެ ސަބަބުންކަމަށް ޕީޖީ ގުރޫޕުގެ ލީޑަރުވަނީ ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރައްވާފައެވެ.

މި މައްސަލައިގެ ސަބަބުން، މަޖިލީހުގެ މަސައްކަތްތަކަށް ބުރު އަރާފައިވާއިރު، ފިކުރެއްގެ ދިރުން އަދި ރައީސް ސާލިހުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުންވެސް ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް މަޖިލީހުގެ މަސައްކަތްތަކަށް ބުރު އަރުވަމުންދާކަމުގެ ތުހުމަތުތައް އަމާޒުކުރައްވާފައެވެ.

ރައީސް ސާލިހަށް ތާއީދުކުރައްވާކަން، އާންމުކުރައްވާފައިވާ މަރަދޫ ދާއިރާގެ މެމްބަރުވަނީ، މަޖިލީހުގެ ކަންކަން ހުރި ގޮތާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީސްގައި “މަރުތަޅު” އަޅުއްވައިގެން ހުންނެވީ ރައީސް ނަޝީދުކަމަށެވެ. ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު އަމަލުކުރައްވަމުންދަނީ ގާނޫނު އަސާސީ އަދި މަޖިލީހުގެ ގަވައިދުގެ ދަށުން އަމަލުކުރުމަށް ލާޒިކޮށްފައިވާ ގޮތާއި ހިލާފަށްކަމަށެވެ.

އޭނާ ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައި ރިޔާސަތުން ދުރުކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ 60 އިންސައްތަ މެމްބަރުންގެ ތާއީދާއި އެކުކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓިކް ވެއްޓެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަރާތެއް އަމަލުކުރައްވާނީ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދު ރިޔާސަތުން ފައިބައިވަޑައިނުގަތުމަށް މަސައްކަތްކުރައްވަމުންދާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ނައިބު ރައީސް އީވާގެ މައްސަލައިގައިވެސް ރައީސް ނަޝީދު ހުރަސްތަކެއް އަޅުއްވަމުންދާކަމަށެވެ. އެގޮތުން އެ މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށާއި، އެ މަނިކުފާނު ވޯޓަށް ހުރަސް އެޅުއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކަކީވެސް އޮއްޓަރެއް ނެތްކަންކަންކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: