ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ މައްސަލަ އެޖެންޑާ ކުރިނަމަވެސް ރިޔާސަތު ބަލަހައްޓާނެ މީހެއް ނެތިގެން ޖަލްސާ ކުރިއަށް ގެންދެވެން ނެތް

މަޖިލިހުގެ ޖަލްސާއެއްގައި އަމީން އާންމު ވާހަކަ ދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖްންޑާކުރި ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މީހަކު ނެތުމުން، ޖަލްސާ ކުރިއަށް ގެންދެވެން ނެތް ވާހަކަ މަޖިލީހުގެ އަމީން އާންމު އަންގައިފިއެވެ.

މި ވާހަކަ އަންގާފައިވަނީ ޖަލްސާ ފެށުމަށް މެންބަރުންވެސް މަޖިލީހަށް ހާޒިރުވެވަނިކޮށެވެ.

އަމީން އާންމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޖިލީހުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށައެޅިފައިވަނިކޮށް، ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސްކަމަށެވެ. މިއަދުގެ ޖަލްސާއަށް އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައިވާތީ، މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސްއަށް ސިޓީއަކުން ދަންނަވާފައިވާނެކަމަށް އަމީން އާންމު ވިދާޅުވިއެވެ.

އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލައިގައި، ވަކި ގޮތެއް ކަނޑައަޅައި ނުނިމެނީސް، ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަމަށް އިއްޔަ ރައީސް މުހައްމަދު ނަޝީދު ފޮނުވި ސިޓީގައިވާކަމަށް އަމީން އާންމު ވިދާޅުވިއެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި ގުޅިގެން ވަކި ގޮތެއް ކަނޑަނޭޅެނީސް ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް އަމީން އާންމު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: