ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ކުއްޔަށްދޫކުރުމާއި ގުޅޭ މުއާމަލާތުގެ ބައްދަލުވުމުގައި ހުރި ކަމަށް ބުނެ އަދީބު ހެދީ ދޮގު: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ބައިވެރިވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވުމާއި ގުޅިގެން ބޮންޑެ އެކަމަށް ރައްދު ދެއްވައިފިއެވެ.

ބޮންޑެ ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އޭނާ އަދީބާއި ބައްދަލުނުކުރާކަމަށެވެ. އޭގެ ބަދަލުގައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް އެކަން ގެނައީ އޭނާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ އޭނާގެ އެކައުންޓަކުން ފުއްގިރިއަށް ދެއްކި ފައިސާ (ކްރޮސްޗެކް) އެސްއޯއެފްގެ އެކައުންޓަށް ސަރުކާރުން ޖަމާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ސަރުކާރުން ހިޔާނަތްތެރިވިކަމަށެވެ. އަދި ފުއްގިރީގެ ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެނެސް ބަޔާންކޮށްދީފައިވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

މިވަގުތު ޝަރީއަތުގައި ކުރިއަށްދާ ފުއްގިރީގެ މައްސަލައިގައި އެ ބަޔާނަކީ ސަރުކާރުތެރޭން ބަޔަކު ކޮރަޕްޝަން ހިންގިކަމުގެ ކިތާބީ ހެކި ކަމަށް މެމްބަރު އިބްރާހިމް ރަޝީދު ބުނެފައިވެއެވެ. އަދި އެ ފައިސާ އަކީ ދައުލަތުގެ ފައިސާކަން ޔަގީންކޮށްދިނުމަށް އޮޑިޓަރ ޖެނެރަލްއަށ އޭސީސީ މެދުވެރިކޮށް ސީޓީއެއްވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ވެސް ކިތާބީ ހެކި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވަމުންދާކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެމުއާމަލާތް ހިންގި ދުވަސްވަރު މީޑިއާތަކުގައި ތަކުރާރުކޮށް ބޮމްޑެ ވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ ވާހަކަ ދައްކާފައެވެ.

ފުއްގިރި މައްސަލައިގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި އިއްޔެ ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށްހިފި ކުންފުނީގެ ބޭފުޅުންނާއެކު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބައިވެރިވެފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި މެމްބަރު އިބްރާހިމް ރަޝީދު ބައިވެރިވީ ކޮން ހައިސިއްޔަތަކުންތޯ ޔާމީންގެ ދިފާއީ ވަކީލް އާދަމް ޝަމީމް ސުވާލު ކުރެއްވިއެވެ.

ޝަމީމްގެ ސުވާލުގެ ޖަވާބުގައި އަދީބް ވިދާޅުވީ  މެމްބަރު އިބްރާހިމް ރަޝީދު ބައިވެރިވީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އެއްގެ ގޮތުގައި ކަމަށެވެ. އެބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރެ

އަދީބު ވިދާޅުވީ ދުބާއީގެ އެ ކުންފުންޏަށް ފުއްގިރި ކުއްޔަށް ދިނުމަށް ރައީސް ޔާމީން ނިންމަވާފައި އޮތީ 2.5 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި އޭގެ ފަހުން އިންޑިއާ ކުންފުނިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅި ކަމަށާއި އޭގައި އޮތީ އެ އަގަށް ފައިސާ ދައްކަން އެއްބަސްވެފައި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ 2.5 މިލިއަން ޑޮލަރަށް ފުއްގިރި ކުއްޔަށް ދިނުމަށް ނިންމާފައި ވަނިކޮށް ރައީސް އަބްދިﷲ ޔާމީން ވިދާޅުވެގެން ކްރިކް ރިޒާ އެ އަގު ކުޑަކުރަން ބުނި ކަމަށެވެ. އެގޮތުން 4000،000 ޑޮލަރަށް އަގު ކުޑަކުރިން ބުނި ކަމަށާއި އަދި އެޑުވާސްގެ ގޮތުގައި 150،000 ޑޮލަރު ނެގުމަށް ރައީސް ޔާމީން އެންގެވި ކަމަށް ކްރިކް ރިޒާ ބުނި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ އަގު ކުޑަކުރަން ރައީސް ޔާމީން އެންގެވި ކަމަށް ކްރިކް ރިޒާ މެސެޖު ކުރެއްވީ ޒިޔަތަށް ކަމަށެވެ. ނަމަވެސް ރ އަތޮޅުގެ އެހެން ރަށްތައް ކުއްޔަށް ދީފައިވާ އަގަށް ބަލާއިރު ފުއްގިރި 400،000 ޑޮލަރަށް ކުއްޔަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށާއި އަދި އެއީ މާ ކުޑައަގެއް ކަމަށް ވާތީ އެ ރަށް ކުއްޔަށް ދިނުން މަޑުޖައްސާލި ކަމަށް އަދީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: