ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ކޮމިޓީތަކަށް އެކުލެވިގެންވާ ގޮތް ކަނޑައެޅުން މާދަމާގެ ޖަލްސާގައި !

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންނަށް ޖާގަދޭނެ ގޮތް ކަނޑައެޅުމަށް މާދަމާ ބާއްވާ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ އާއްމު ކޮމިޓީ އެކުލަވާނުލެވުމުގެ ސަބަބުން މަޖިލީހުގެ ނައިބު ރައީސް އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މެދު ވަނީ ގޮތެއް ނުނިންމިއެވެ.

ކޮމިޓީތަކުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ އެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެން ގޮސް މަޖިލީހުގެ އެހެނިހެން ހުރިހާ މަސައްކަތެއް ހުއްޓުމަކަށް އައިސްފައިވާ ވަގުތެއްގައެވެ.

ދާއިމީ ކޮމިޓީ ތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުން ތަމްސީލުކުރެވޭ ގޮތަށް ގެނެވޭ ބަދަލާއި ގުޅޭ މައްސަލަ މިހާރު ވަނީ މާދަމާގެ ޖަލްސާގެ ފުރަތަމަ މަސައްކަތުގެ ގޮތުގައި ތާވަލު ކޮށްފައެވެ.

ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި އޮތުމުން ކޮމިޓީތަކުން ނިންމަންޖެހޭ ބައެއް ކަންކަމާއި މުހިއްމު ބައެއް އެހެން މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. އެގޮތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން އާއްމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅަންޖެހޭއިރު، އެ ކޮމިޓީ ނުބޭއްވޭތީ އެކަމުގައި ގޮތްތަކެއް ނުނިމި، އިތުބާރު ނެތްކަމުގެ މައްސަލަތައް އޮތީ މަޑުޖެހިފައެވެ.

މަޖިލީހުގެ ކޮމިޓީތައް ހުއްޓާފައި ބާއްވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ އަމީން އާއްމާއި ވެސް ބައްދަލުކޮށްފައެވެ. އެގޮތުން އެމްޑީޕީ ޕީޖީ ގްރޫޕުން ބުނިގޮތުގައި ކޮމިޓީތައް ހުއްޓާލާފައި އޮތީ ގަވާއިދާ ހިލާފަށެވެ. އަދި މަޖިލީޖުގެ މެމްބަރުން ޕާޓީ ބަދަލު ކުރި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް މީގެ ކުރިން ހުއްޓުމަކަށް އައިސްފައިނުވާކަން ވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމިޓީތަކުގެ މައްސަލައިގައި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ރައީސް އަށް ވަނީ ސިޓީއެއް ފޮނުވައި އެކަން އަވަސް ކުރުަމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: