ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީތަކުގެ މައްސަލަ ހައްލުކުރުމުގެ އެޖެންޑާއަށް ނުގޮސް މެމްބަރުން ގައްޔަށް އަތްލާ ޖަލްސާ މެދުކަނޑާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ އެއްމެމްބަރަކު އަނެއް މެމްބަރަކު ގަޔަށް އަތްލައި ވާހަކަ ދެއްކުމުގެ ތެރޭގައި ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާ ފެށުނުއިރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ކަނޑައެޅުމަށް އެޖެންޑާ ކޮށްގެން ފެށި މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދު ކަނޑާލީ ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު އަލުން ފެށުމަށެވެ.

ރިޔާސަތުގައި އިންނައި އަފީފް ވިދާޅުވީ މަޖިލީހުގައި ތިބި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް މަޝްވަރާ ކުރުމުގެ ޖާގައެއް ދިނުމަށް ސެކްރެޓޭރިއަޓްގައި ދަންނަވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް އެ މަޝްވަރާގެ ތެރެއިން ނިންމާލަ ދިނުމަށް ވެސް އަފީފް މެމްބަރުންގެ އަރިހުން އެދިލެއްވިއެވެ.

އަފީފް މަޝްވަރާ ކުރުމަށް ލަފާއެރުވީ އެމްޑީއޭ އަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ. އާމިރު ވިދާޅުވީ މަޖިލީހުގައި އަޑުގަދަ ނުކުރާ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ އެދެނީ ހިޔާލުތަފާތުވާ ވަގުތު މަޝްވަރާގެ އުސޫލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން އާމިރު ވިދާޅުވީ އެވަގުތުގެ ހާލަތަށް ބަލައި އެންމެ ރަނގަޅު ގޮތަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދުން ކަމަށެވެ.

އާމިރުގެ އެ ހިޔާލަށް އަފީފް ތާއީދުކުރައްވައި އަފީފް ޖަލްސާ މެދުކަނޑާލިއެވެ.

ޖަލްސާ މެދުކަނޑާލި އިރު،  މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވަމުންދާތީ އެކަން އަވަސް ކުރުމަށް އެދި ކުއްލި މައްސަލަ އެއް ހުށަހެޅުމަށް މަސައްކަތް ކޮށްފައެވެ. ކުއްލި މައްސަލަ ހުށަހަޅަމުން ދިޔަ ވަގުތު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ. އާޒިމްގެ ނިޒާމީ ނުކުތާ ގައި މަޖިލީހުގެ ކޮމިޓީތައް ހުށަހެޅުމަށް އެކުލަވާލާފައިވީ އިރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި ކޮމިޓީތައް އެކުލެވިގެންވާ ގޮތުގެ މައްސަލައިގައި ބައެއް ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް ނިންމާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައވެ.

އާޒިމްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލީހުގެ ގަވާއިދާ ހިލާފްވާ މެމްބަރުން ނަން އިއްވައި ފްލޯ އިން ނެރުމަށް ފަހު މަޖިލިސް ކުރިއަށްގެންދެވޭނެ މާހައުލެއް ގާއިމް ކުރުމަށް ރިޔާސަތަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: