ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުވެސް ރައީސާ ބައްދަލެއްނުވި: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން މިއަދުވެސް ރައީސް  އިބްރާޙިމް މުހައްމަދު ސާލިހާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ދިއުމުން ރައީސްއާއި ބައްދަލު ނުވި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިއްޔެ ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ރައީސް ސޯލިހާއި ބައްދަލު ކުރަން އެދުމުން އެއޮފީހުން ދެއްވީ އީމެއިލް އެޑްރެހެއް ކަމަށެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ރައީސް ޔާމީނަށް ސަރުކާރުން ދެމުން ގެންދަނީ އަނިޔާ ކަމަށާއި، އެމައްސަލަ ނިމޭއިރަށް އަނެއް މައްސަލަ ކޯޓަށް ހުށަހަޅައިގެން އުޅެނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށެވެ.
ރައީސް ޔާމީނާއި ދޭތެރޭ ކަންތައް ކުރަމުން މިގެންދަނީ ތަފާތުކޮށް ކަމަށާއި އެމައްސަލަ ނިމޭއިރަށް އަނެއް މައްސަލަ ކުރިއަށް ގެންދާ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަދި މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވިއެވެ.

އިއްޔެވެސް އިދިކޮޅު ލީޑަރޝިޕުންވަނީ ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށް ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރުމަށް ވަޑައިގެންފަ އެވެ. އިދިކޮޅު ލީޑަރޝިޕާއި މެމްބަރުން އެސަރަހައްދަށް ދިއުމުން ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ބެރިކޭޑްޖަހާ އެންމެން ފަހަތަށް ޖެއްސި އެވެ. އަދި 3 މީހުން ހައްޔަރުވެސް ކުރި އެވެ.

އިދިކޮޅުގެ ލީޑަރޝިޕާއި މަޖިލިސް އިއްޔެ ވެސް ވަނީ ރައީސް ސާލިހާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ގޮސްފައެވެ.

ރައީސް އޮފީހުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ސާލިހަށް އެބޭފުޅުން ފެނިވަޑައިގެން ނަމަވެސް އަޅާ ނުލައްވާ އޮފީހުން ގެއަށް ވަޑައިގެންނެވީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެމަނިކުފާނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ކަަމަށެވެ.

ރައީސް ޔާމީނަށް ސަރުކާރުން ޖެއްސުން ކުރަމުން ދަނީ ރިޔާސީ ޓިކެޓް އެމަނިކުފާނާއި ހަވާލު ކުރި ފަހުން ކަމަށް ޝިޔާމްގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން ކްރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވަނީ 13 ގަޑިއިރު ވަންދެން ޖަލު ކުޑަ ގޮޅީގައި ގޮނޑިއެއްގައި ބައިންދަވާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރުން ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމުގައި އިހުމާލު ވަމުންދާ ކަމަށް ބުނެ އިދިކޮޅުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވަޑައިގެން އެތަނުގައި 5 ގަޑިއިރު ހޭދަކޮށްފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: