ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަބަކަށް ލައި ދޭ ވެރިކަމެއްގައި ބަގުޑި ބެއްދުމަކީ ދުނިޔޭގެ އާދައެއް: އިންތި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީހާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ : ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ކެމްޕެއިން އެއް ފަރާތްކުރެއްވުމަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރީ އެހެން މެންބަރުން ހޮވަންކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ވެރިކަމަކީ ވަރަށް ވާދަވެރި އެއްޗެއްކަމަށާއި، ރައްޔިތުންގެ މެދުގައި މާ ބޮޑު ތާއީދެއް ނެތް މީހަކަށް ދެން ތިއްބަވާ ބޭފުޅުން ތަބަކަކަށް ލާފައި ވެރިކަން ދިނީމައި، ދެން ވެރިކަމުގައި ބަގުޑި ބައްދައިގެން ކޮންމެފަދަކަމެއްވެސް މީހަކު ކޮށްފާނެކަމަށެވެ.

މިފަދަ ބޭފުޅުން ދެން ހުންނަ ސިޔާސީ ލީޑަރު ނައްތާލުމަށް މަސައްކަތްކުރާނީ މީހާގެ ކުޅަދާނަކަމުގެ ބޭނުން ހިފައިގެން ނޫންކަމަށާއި، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންކަމަށް އިންތި ވިދާޅުވިއެވެ.

ޕޮޕިއުލާ ނޫން މީސް މީހުން މި ދެންނެވީ ދެން ސިޔާސީ ގޮތުން ބޮޑެތި ތަސައްވަރު ގައުމާއިމެދުގައި ނުހުންނަ ކަހަލަ މީހުންނާއިމެދުގައި، ބައި ޗާންސްއަކުން ވެރިކަމަށް އާދެވުނީމަ، ވަރަށް ގިނަ ފަހަރު ދުނިޔޭގެ ތާރީހުގައި އެބަހުރި ދައްކާފަ. ދެން ހަމަ އެންމެން ނައްތަން މަސައްކަތްކުރާނެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ މިފަދަ ބޭފުޅެއްކަމަށް އިންތި ވިދާޅުވިއެވެ.

މިއާއި ހިލާފަށް ރައީސް ނަޝީދު ވަނީ އަމިއްލަ ކެމްޕެއިން އެއްފަރާތް ކުރެއްވުމަށްފަހު، މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުން އިންތިހާބު ކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިކަމަށް އިންތި ވިދާޅުވިއެވެ. ނަމަވެސް އޭރު އެމްޑީޕީއިން ޓިކެޓު ދިން މެންބަރުންނާއި ދެކޮޅަށް ރައީސް ސާލިހު މަސައްކަތް ކުރެއްވިކަމަށާއި، ގިނަ މެންބަރުން ހޮވުނީ ރައީސް ނަޝީދުގެ މަސައްކަތުންކަމަށް އިންތި ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވަނީ މިފަދަ މެންބަރުން ގަނެފައިކަމަށާއި، އެ މެންބަރުން ރައީސް ސާލިހަށް ކުރާ ތާއީދު މި ސަރުކާރު ބަލިކަށިވާން ފެށުމުން ނޯންނާނެކަމަށް އިންތި ވިދާޅުވިއެވެ. މަޖިލީހުގައިވެސް ތިއްބެވީ އެހާ ވަފާތެރި މެންބަރުން ނޫންކަމަށާއި، އެހެންކަމުން މިހާރު އެމްޑީޕީއަށް އޮތް ތާއީދު ކުޑަވުމަކީ ގާތްކަމެއްގެ ގޮތުގައި އިންތި ސިފަކުރިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: