ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި މޭޔަރާއި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަލުން އެމްޑީޕީއާއި ގުޅުނަސް ޑިމޮކްރެޓްސްއަށް އަސަރެއް ނުކުރާނެ: އިންތި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނަމަވެސް އެކަމުން ޑިމޮކްރެޓްސްއަށް އަސަރެއް ނުކުރާނެ ކަމަށް އެޕާޓީގެ ކެމްޕޭން ސްޕޯކްސްޕާސަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދިއިރު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރު ޔާސިރް އަދި މޭޔަރު އާތިފް އެނބުރި އެމްޑީޕީއަށް ރޭގެ ވަގުތެއްގައި ސޮއި ކޮށްފައިވާއިރު ކުޅުދުއްފުށީސިޓީގެ ކައުންސިލަރުންތަކެއް ވެސް އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ.

މިއަދު ޑިމޮކްރެޓްސްގެ ކެމްޕޭން ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން އިންތި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މެންބަރު ޔާސިރް އަދި މޭޔަރު އެނބުރި އެމްޑީޕީއަށް ސޮއިކުރި ސަބަބާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ. ޖަވާބުގައި އިންތި ވަނީ ސަބަބު އެބޭފުޅުންގެ ކިބައިން ސާފުކުރުމަށް އެދިވަޑައިގެންފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން އިންތި އިތުރަށް ވިދާޅުވީ އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ގުޅުމުން އެކަމުގެ ބޮޑު އަސަރެއް ޑިމޮކްރެޓްސްއަށް ނުކުރާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގެ ވޯޓު ޑިމޮކްރެޓްސްއަށް ކަށަވަރު ކުރެވޭނެ ކަމަށާއި، ޑިމޮކްރެޓްސްއަށް ކުޅުދުއްފުށީގެ ގިނަ އާންމުން ސޮއި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ކުޅުދުއްފުށިން މެޖޯރިޓީ ނަގާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ޑިމޮކްރެޓްސްއާ ގުޅޭ އާންމު މެންބަރުން އެޕާޓީ ދޫކޮށްފައި ނުދާނެ ކަމަށާއި އެ އާންމު މެންބަރުން ޕާޓީއާ ގުޅެނީ ޕާޓީގެ އުސޫލުތަކާއި ފަލްސަފާތައް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރަމުންދާ ދަތުރުގެ ތެރެއިން ޑިމޮކްރެޓްސްއަށް ގިނަ މެންބަރުންތަކެއް ގުޅެމުންދާ ކަމަށާއި ޕާޓީ ވަރުގަދަ ވަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: