ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ހާލަތު ބޭނުންކޮށްގެން ސަރުކާރުން ވަނީ ވައްކަން ކުރަން މަގު ކޮށާފަ: ޒާހިރު

ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ހާލަތު ބޭނުންކޮށްގެން ސަރުކާރުން ވަނީ މުސްތަގުބަލުގައި ވައްކަންކުރަން މަގު ކޮށާފައިކަމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރޭ “ދަ ޑިމޮކްރެޓްސް” އިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ އެމްޑީޕީއަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެއްވުމަށްފަހު އެ ޕާޓީއާއި ވަކިވީ ކީއްވެގެންތޯ އޭނާއާއި މީހުން ސުވާލުކުރާކަމަށެވެ. މިސާލެއް ނަންގަވާ އޭނާ ވިދާޅުވީ “ކައްކާފަ ހުރި މީރު ރިހަތެއްޔެއް އަބަދު ހޫނުކޮށްގެން ކާންވީމައި އެ ރިހަތެލި ކުނި” ވާނެކަމަށާއި، “ދެން ކުނިވީމައި އެ ރިހަލަތެލި ހޫނުކޮށްގެން ކާން އުޅުނު ނަމަވެސް ލާނީ ކުނި ރަހަކަމަށާއި، ދުވާނީ ކުނި ވަސް” ކަމަށެވެ. އަދި އޭނާ އެމްޑީޕީއާއި ވަކިވީ އޭނާގެ ގައިން އެ ކުނި ވަސް ދުވާފާނެތީކަމަށް ޒާހިރު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ އެތައް ބޭފުޅުންނެއް އެމްޑީޕީއާއި ވަކިވާނެކަމަށާއި، މިހާރު އެތައް ބަޔަކު ވަކިވެއްޖެކަމަށް ޒާހިރު ވިދާޅުވިއެވެ.

ދެންވެސް އެބައުޅޭ މި ކުނި ރިހަތެލި ހޫނުކޮށްގެން ކާންވެގެން، އަދިވެސް އެބައުޅޭ، އަދި އެއަށް އިތުރު އިންގްރީޑިއެންޓްސް އިތުރުކޮށްގެން މީރު ކުރަންވެސް އެބައުޅޭ.

ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ޕާޓީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު މީހުން ޕާޓިއަށް ވައްދަމުންގެންދާކަމަށާއި، ނަމަވެސް މިކަމުން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެކަމަށެވެ. މިއީ ދަ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތުން ގެނައި ވެރިކަމެއްކަމަށާއި، ނަމަވެސް މިހާރު އޭރު މި ސަރުކާރުގައި ހުރި ސިފަތައް ގެއްލި ވައްކަން އާންމުވެއްޖެކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި މިކަންކަން ރަނގަޅުކުރުމަށް ފާޑު ވިދާޅުވާން ހުރި އެންމެ ވަރުގަދަ މީހަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުކަން، އެއީ ސާފުކަމެއްކަމަށް ވިދާޅުވިއެވެ.

އެކަން އެނގިހުރެ އެމްޑީޕީއިން ދިޔައީ، ރައީސް ނަޝީދަށް ދުއްތުރާކޮށް، އެމަނިކުފާނުގެ އަގުވައްޓާލުމަށް މަސައްކަތްކުރަމުންކަމަށް ވިދާޅުވެ ޒާހިރު ވަނީ މިއީ މަކަރުވެރި ސަރުކާރެއްކަމަށް ސިފަކޮށްފައެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމުގައިވެސް ސަރުކާރުން ވަނީ ގާނޫނު އަސާސީއާއި ކުޅިފައިކަމަށާއި، އެ ދަނޑިވަޅުގެ ބޭނުންކޮށް މުސްތަގުބަލުގައި ވައްކަންކުރަން މަގުކޮށްށިކަމަށް ޒާހިރު ވިދާޅުވިއެވެ. މިއީ މާ ކުރިން އެނގޭ ކަންކަންކަމަށާއި، މި ސަރުކާރުން ވައްކަން ކުރާނެކަން ސާފުކަމަށް ޒާހިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: