ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމްގެ ވެރިކަމެއްގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ: ރިޔާޒް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ނައިބު ރައީސް އަބްދުﷲ ރިޔާޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި އެއްގައުމަކަށް ބަރޯދާވެގެން އޮތް އޮތުން ނިމުމަކަށް ގެންނާނެކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ނާޒިމްއަށް މިހާރު ވަނީ އެމްއެންޕީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކޮށްފައެވެ. މިހާރު އެ ޕާޓީގެ ކެމްޕެއިންތައް ރަސްމީގޮތުން ފަށާފައިވާއިރު، ނާޒިމް ގެންދަވަނީ އޭނާގެ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.

މި ދަނޑިވަޅުގައި ޓުވީޓެއްކުރައްވާ ރިޔާޒް ވިދާޅުވީ ނާޒިމުގެ ވެރިކަމެއްގަ ދިވެހި ރާއްޖޭގެ އެއްގަމާ، ކަނޑާ ވައިގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިންކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާކުރާނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. މާލީ ކަންކަމުގައި އާއި، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގައިވެސް އެއްގައުމަކަށް ބަރޯސާވެގެން އޮތް އޮތުން ނާޒިމްގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ނާޒިމްގެ މެނިފެސްޓޯއަށް ކިޔަނީ “އުޖާލާ ޒަމާން މެނިފެސްޓޯ” އެވެ. މި މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އާއިލާތަކަށް މާލީ އެހީތެރިކަން ދިނުން ހިމެނެއެވެ. މެޑިކަލް އިންޝިއުރެންސް ކާޑެއް ތައާރަފް ކުރުމާއި، ގޭބިސީތަކުން ހިލޭ ކުނި އުކާ ދިނުމާއި، ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުމާއި، މޮރިޝަސް އަށް ފޮނުވި ރައީސްގެ ސިއްރުސިޓީ ހާމަކުރުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: