ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމަށް ދޭންޖެހޭ ފައިސާއެއް ހުންނާނެކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ހޮވުނީ، މިލިއަނުން ފައިސާ ހަރަދުކޮށްދީގެންކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދެއްކެވިޔަސް އަނބުރާ ދޭގޮތަށް ގާސިމް ދިން އެއްވެސް ފައިސާއެއް ނުހުންނާނެކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ދާދިފަހުން ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވަނީ، ރިޔާޒް އާއި ކާނަލް ނާޒިމަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ދެބޭފުޅުންނަކީ އެއީ “ލަދުހަޔާތުގެ ކަންފުޅެއް” ވެސް ނެތް ބޭފުޅުންކަމަށް ވިދާޅުވި އެވެ. ސިޔާސީ ގޮތުން ބަލިކަށިވެފައި ވަނިކޮށް، ޖޭޕީއަށް ގެނެސް ސިޔާސީ ގޮތުން ކުރިއަރުވައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދޭ ބޭފުޅުންނަށް ވެސް ކާމިޔާބުކޮށްދޭން ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރިކަމަށް ވިދާޅުވި އެވެ. މި ވާހަކައަށް އިޝާރާތްކޮށް ކުރި ސުވާލުގެ ޖަވާބުގައި ރިޔާޒް ވިދާޅުވީ އާއްމުގޮތެއްގައި ކެމްޕެއިނަށް ހަރަދު ކުރަނީ ފަންޑްރައިޒްތަކާއި، އެހެން މީހުންގެ ފަރާތުން ލިބޭ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.

ގާސިމް ދެއްކެވި ވާހަކައާއި ގުޅޭގޮތުން ސުވާލު ކުރުމުން “ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ރިޔާޒް ވިދާޅުވީ އަނބުރާ ދޭގޮތަށް ގާސިމް އޭނާއަށް ދިން އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށެވެ. ހަރަދު ކުރި ފައިސާއަށް ބަލައި މަޖިލީހުގެ ދައުރު ނިމެންދެން ޖޭޕީގައި ނާޒިމް އާއި ރިޔާޒް ދެމިތިބެން ޖެހޭނެކަމަށް ބުނެ ގާސިމް ދެއްކެވި ވާހަކައިގެ ރައްދަށް ރިޔާޒް ވިދާޅުވީ އޭނާގެ ހިސާބުތަކަށް، ބަލައި ގާސިމަށް ދޭން ޖެހޭނެ އެއްވެސް ފައިސާއެއް ހުރެދާނެކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

“އަޅުގަނޑުގެ ހިސާބު ޖަހާލީމައި ނޯންނާނެ ދޭން ޖެހޭ ފައިސާއެއް… އަޅުގަނޑު އެތަނަށްކޮށްދީފައި ހުރި ކަންތަކާއި ކުރި ހިދުމަތްތައް ބަލައި ހިސާބުޖަހާލައި ހަދާނަމަ އަޅުގަނޑު ދޭންޖެހޭ އެއްޗެއް ނެތް” ރިޔާޒް

ކޮވިޑުގެ ހާލަތާއި އެކު ދޮޅު އަހަރު ވަންދެން މާލެއިން ބޭރުގައި އުޅުއްވުމަށްފަހު ގާސިމް ވަނީ މިދިޔަ ހަފްތާގައި މީޑިއާތަކާއި ބައްދަލު ކުރައްވާފަ އެވެ. އެއް ގަޑިއިރާއި 30 މިނެޓަށް ދިގުދެމިގެން ދިޔަ އެ ޕްރެސްގައި ގާސިމް ގިނަ ވަގުތު ހޭދަ ކުރެއްވީ ނާޒިމް އާއި ރިޔާޒްއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވުމުގަ އެވެ.

ޖުމްހޫރީ ޕާޓީ ސިޔާސީ މައިދާނުގައި އޮތީ ނިދާފައިކަމަށް ބުނެ، ރިޔާޒް އާއި ނާޒިމް ވަނީ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފަ އެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި އުފައްދާ ޕާޓީގެ ރެޖިސްޓްރޭޝަންއަށް 5،000 މެމްބަރުންގެ ސޮޔާއި އެކު އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި “ނިދާފައި” ކަމަށާއި ޖޭޕީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއް ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

އެއަށް ރައްދު ދީ ގާސިމް ވިދާޅުވީ ގާސިމް ވިދާޅުވީ ނާޒިމް އާއި ރިޔާޒަށް ވެސް ގުޅެން ފެނުނީ ޖޭޕީއާއި ކަމަށެވެ. ގާސިމް ވިދާޅުވީ ނާޒިމް އާއި ރިޔާޒު މަޖިލީހަށް ހޮވައިދިނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ކަމަށެވެ. އަދި މިއަދު އެ މަސައްކަތްކޮށްދިން ޕާޓީ ދޫކޮށް ދިޔައިރު އެ ފައިސާ އަނބުރާ ދެއްކެވިނަމަ ތަންކޮޅެއް “ތާހިރުވީސް” ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި 10 މިލިއަނެއްހާ ރުފިޔާ މަޖިލީހުގެ އެ ދެ ގޮނޑި ކާމުޔާބު ކުރުމަށް ހަރަދު ކުރައްވާފައި ވާނެ އެވެ. އަދި ނާޒިމް އާއި ރިޔާޒަކީ ޖޭޕީ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަން “މާ ތާހިރު، އަދި ރަނގަޅު” ބައެއް ނޫން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: