ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމުގެ ވެރިކަމެއްގައި ލޯނު ނެގުމަށް ދައުލަތުން ގެރެންޓީ ދޭނީ މިލިއަނަރުން ބިލިއަނަރުންނަށް ހަދާކަށް ނޫން: އަބްދުﷲ ރިޔާޒް

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ވެރިކަމެއްގައި އާންމު ރައްޔިތު މީހާއަށް ލޯނު ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރައްވާނެކަމަށް އެ ޕާޓީގެ ރައީސް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެފައިވާ ވާހަކަތަކާއި އެއްގޮތަށް އެ ޕާޓީގެ ވެރިކަމެއްގައި އަމަލުކުރައްވާނެކަމަށް ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ނާޒިމްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަށް އަލިއަޅުއްވައި ރިޔާޒް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ކުރެވިގެންދާނީ މުއްސަނދިން އިތުރަށް ތަނަވަސްކުރުމުގެ މަސައްކަތްތަކެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ، ނާޒިމުގެ ވެރިކަމެއްގައި ލޯނު ނެގުމަށް ދައުލަތުން ގެރެންޓީ ދޭނެކަމަށް ވިދާޅުވީ، މިލިއަނަރުންނަށް އިތުރު މުއްސަނދިކަމެއް ގެނެސްދީގެން ބިލިއަނަރުންނަށް ހެދުމަށް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، ނާޒިމް ވިދާޅުވީ، 30 އިންސައްތައިގެ އިކުއިޓީ ނެތުމުގެ ސަބަބުން، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގެ ދަތިތައް ތަހައްމަލުކުރަމުންދާ އާންމު ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން، ސޮވަރެއިން ގެރެންޓީ ދެއްވާނެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، ނާޒިމްގެ ވެރިކަމެއް ގާއިމު ކުރެއްވިއްޖެ ނަމަ، ދިވެހި ރައްޔިތުންނަކީ ފުއްދުންތެރި ބަޔަކަށް ހައްދަވާނެކަމަށެވެ.

ސަންގުޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓު ނާޒިމްވަނީ، ސޮވަރެއިން ގެރެންޓީ ދެއްވުމަކީ ކުރެވޭނެކަމެއް ކަމުގެ ހެކިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަރުކާރުންވަނީ ރިސޯޓެއް ހިންގަމުންދިޔަ ފަރާތަކަށް ސޮވަރެއިން ގެރެންޓީ ދީފައިކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: