މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ފުރި ގިނަ ހައްޖާޖީންނަށް އެމްޓީސީސީ އިން ބަހުގ ހިދުމަތް ދީފިއެވެ.
އެމްޓީސީސީ އިން ބުނީ، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ރާއްޖެއިން ފުރި މީހުންގެ ތެރެއިން 1211 މީހަކަށް އެކުންފުނީގެ ބަހުގެ ހިދުމަތް ފޯރުކޮށްފީފައިވާ ކަމަށެވެ.
ހައްޖުވެރިންނަށް ފަސޭހައިން އެއާޕޯޓަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެމްޓީސީސީން ވަނީ މާލޭގެ 2 ރޫޓަކުން އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިމެނިގެން ޖުމްލަ 9 ރޫޓަކުން ދަތުރުކޮށްފައެވެ.
ހައްޖާޖީންގެ ދަތުރުތަކަށް އެމްޓީސީސީއިން ވަނީ 10 ބަސް ބޭނުން ކޮށްފައެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން 600 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އެ ކޯޓާގައި އެ ކޯޕަރޭޝަނުން ހައްޖަށް ގެންދާނީ ކިޔޫ ތަރުތީބުން ހައްޖުގެ އަގުގެ 75 އިންސައްތަ ދައްކައި ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށެވެ. ބާކީ ހުރި ކޯޓާތައް ދޫކޮށްފައިވަނީ އަމިއްލަ ބައެއް ކުންފުނިތަކަށެވެ.

