ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރަކީ ޒުވާނުންގެ އަޑު އިއްވާލުމަށް ބޭނުންކުރަން މުހިންމު އަހަރެއް: އީވާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަަހަރަކީ ޒުވާނުންގެ އަޑު އިއްވުމަށްޓަކައި ބޭނުން ހިފުން މުހިންމު އަހަރެއްކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރެކްޓިސް ޕާލިމެންޓު ނިންމާލެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން އީވާ ވިދާޅުވީ، މިއީ ރިޔާސީ އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ އަހަރުކަމަށްވުމުން، ވަރަށް ގިނަ ޒުވާނުންތަކަކަށް އަލަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން 2023 ވަނަ އަހަރަކީ މުހިންމު އަހަރެއްކަމަށެވެ. އެގޮތުން ޒުވާނުންގެ އަޑު އިވުމަށާއި އިއްވުމަށްވެސް މި އަހަރުގެ ބޭނުން ހިފުން މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ، އަދުގެ ޒުވާނުންގެ ތެރޭގައި ސިޔާސީ މައިދާނަށް ޝައުގުވެރިކަން ކުޑަ ވާހަކަތައް ގިނަ ފަރާތްތަކުން ފާހަގަކުރާކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ އެގޮތަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އީވާ ވިދާޅުވީ، ޒުވާނުން ސިޔާސީ ގޮތުން ހަރަކާތްތެރި ނޫންކަމަށް ބުނަމުންދަނީ މިވަގުތު މައިދާނުގައި ތިއްބެވި ފަރާތްތަކަށް ފަރިތަ ގޮތްތަކަށް ހަރަކާތްތެރިވާ މަންޒަރު ފެނިގެން ނުދާތީކަމަށް އޭނާ ދެކިވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ އާއިއެކު ތިއްބެވި ފަރާތްތަކުން ކަންކަން ދަސްކުރި ގޮތަށް ނުވަތަ ކަންކަމުގެ ތެރެއަށް ވަތް ގޮތަށް ވަނުމަށް ޒުވާނުން މަސައްކަތް ނުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންނަމަވެސް މިހާރުގެ ޒުވާނުންނަށްވުރެ ސިޔާސީ ގޮތުން ހަރަކާތްތެރި ޒުވާނުންތަކެއް އެނާއަށް ފެނިވަޑައިގެންފައިނުވާކަމަށް އީވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން އަޑު އުފުލުމަށް ބޭނުންކުރެވޭ މަގުތަކާއި ވަސީލަތްތައް އިތުރުވެފައިވާކަމަށެވެ. އީވާ ވިދާޅުވީ، އޭނާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަން ފެއްޓެވިއިރު، ކަންބޮޑުވުންތަކާއި ގުޅޭގޮތުން އަޑު އުފުލުމަށް ބޭނުންވުމުން ޖެހެނީ މަގުތައް މައްޗަށް ނުކުންނަންކަމަށެވެ. އޭނާ ވިދާޅުވީ، އެ ޖީލުން ބަދަލެއް ބޭނުންވުމާއިއެކު ނުކުތީ މަގުތަކަށް ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ޒުވާނުންނަށް މަގުތައް މައްޗަށް ނުކުތުން މަޖުބޫރު ނޫންކަމަށާއި ކަންބޮޑުވުންތައް ފާޅުކުރުމަށްޓަކައި ސޯޝަލްމީޑިއާފަދަ ވަސީލަތްތައް ބޭނުން ކުރެވޭނެކަމަށް ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ، ސޯޝަލްމީޑިއާއަކީ ޒުވާނުންގެ ތެރޭގައި ބޭނުންކުރެވެމުންދާ ބާރުގަދަ ވަސީލަތެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއްތަނަކަށް ޖަމާވެ އަޑު އުފުލުމަށް މަގުފަހިވެގެންދާ އެފަދަ އިތުރު ވަސީލަތްތައްވެސް މިއަދު ލިބެން ހުރިކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ޒުވާނުން ކަންކަމާއިމެދު ކަންބޮޑުވުން ފާޅުކުރަނީ އޭނާ އަށް ނުފަރިތަ ގޮތަކަށް ނަމަވެސް ޒުވާނުން ސިޔާސީ ދާއިރާއަށް ޝައުގުވެރިނުވާކަމަށް ބުނާ ވާހަކަތައް ގަބޫލުކުރައްވަން ދަތިވެވަޑައިގަންނަވާކަމަށެވެ. އީވާ ވިދާޅުވީ، އޭނާ އަށް ފެނިވަޑައިގަންނަވާ ގޮތުން، ދިވެހިރާއްޖޭގެ ޒުވާނުން ކަންބޮޑުވުން ފާޅުނުކުރާ އެއްވެސް މައްސަލައެއް ނެތެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ އަމަލުތަކާއި އެކުލަވާލަމުންދާ ސިޔާސަތުތަކަށްވެސް ޒުވާނުން ފާޑުކިޔާކަމަށޭވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތެދެއް.. ޒުވާނުން ކެނެރީގެ އާއިލީ ވެރިކަމާއި މިމީހުންގެ ހުދުމުހުތާރު ކަމާއި ދެކޮޅުކަން ދައްކާލަން މިވަރުގެ ފުރުސަތެއް ދެން ހީއެއްނުވޭ ލިބިދާނެހެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: