ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ސިންގަޕޫރަށް ވަޑައިގަތީ ފުރުވާލަން ތައްޔާރުވަމުންދާ ކުށްވެރިންތަކެއްގެ އިންތިޒާމު ހަމަޖައްސަން: އަދުރޭ

އިދިކޮޅުން ރައީސް އޮފީހަށް ވަޑައިގަތުމަށްފަހު މީޑިއާތަކާއި ބައްދަލުކުރާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދާދި ފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ފުރުވާލަން ތައްޔާރުވަމުންދާ ކުށްވެރިންތަކެއްގެ އިންތިޒާމު ހަމަޖެއްސެވުމަށް ކުރެއްވި ދަތުރެއްކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.

ރައީސް ސާލިހާއި ބައްދަލުކުރެއްވުމަށް އެދި، ރައީސް އޮފީހަށް ވަޑައިގަތުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ސާލިހު މިއަދު އޮފީހަށް ވަޑައިނުގަންނަވާކަމަށާއި، އެމަނިކުފާނު އުޅުއްވަނީ އާލާސްކަންފުޅާއިކަމަށް ރައީސް އޮފީހުން ބުނިކަމަށެވެ.

މިއީ ވަރަށް ބޮޑު މައްސަލައެއް، ގައުމުގެ ރައީސުލްޖުމްހުރިއްޔާ އެބަޖެހޭ ރައްޔިތުންނަށް ޖަވާބުދާރީވާން. ވެރިކަން ނިމެންދެން މިއޮތީ އެންމެ 80 ވަރަކަށް ދުވަސް.

އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ މި ވެރިކަން ވަރަށް އަވަހަށް ނިމެނޭކަމަށާއި، އެއަށްފަހު ދެން ވެރިކަމާއި ހަވާލުވާނީ އިދިކޮޅު ކޮންގްރެސް ކޯލިޝަންކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާއި ރައީސް ސާލިހު ބައްދަލުކުރަންޖެހޭ ސަބަބަކީ އެއީކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅުން ވަނީ މި ސަރުކާރުން ހުރިހާ އާރަކާއި ބާރެއް ނަންގަވާ، ރައީސް ޔާމީން ޖަލަށް ލައިގެން އުޅުއްވާއިރުވެސް ސަރުކާރަށް ތާއިދު ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ދާދި ފަހުން ބޭއްވި ބައި އިލެކްޝަނުން އެމްޑީޕީއަށް 2 ގޮނޑި ކާމިޔާބުވީއިރ،ު އިދިކޮޅަށް 8 ގޮނޑި ކާމިޔާބުވިކަން ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: