ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އިމްތިޔާޒްގެ މައްސަލައިގައި ގޮތެއް ނިމެންދެން ދައުރު ދަންމާލަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ހުށަހެޅި އިމްތިޔާޒްގެ މައްސަލައިގައި. ގޮތެއް  ނުނިމެނީސް އިތުރު އެހެން މަސައްކަތެއް ކުރިއަށް ނުގެންގޮސް ދައުރު ދަންމާލުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ގަވާއިދާ ހިލާފްވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގަވާއިދާ އެއްގޮތަށް އެޖެންޑާ ކޮށްފައިނުވާތީ އެކަން ފާހަގަކޮށް ޝަރީފް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ޝަރީފް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގައި މަޖިލީހުގެ ރައީސް، ނައިބު ރައީސްގެ އިތުބާރު  ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ވާނެކަމަަށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެ މަޖިލީހުގެ ރިޔާސަތަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އައްޔަން ކޮށްގެން މަޖިލިސް ކުރިއަށް ގެންދާތީ މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް 54 މެމްބަރުން ސޮއި ކޮށް މަޖިލީހަށް ހުށަހެޅުމުން އިސްތިއުފާ ދިނުމަކީ ޑިމޮކްރަސީގެ ރިވެތި ގޮތް ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަކި ގޮތަކަށް ނުނިންމައި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ޝަރީފްގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

ޝަރީފްގެ އިސްލާހަށް ތާއީދު ކޮށް އެމްޑީޕީ އަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.

ޝަރީފްގެ އިސްލާހަށް ތާއީދު ކޮށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލިސް ދަންމާލަން އޭނާ ވެސް އެދޭ ކަމަށެވެ.

ސަބަބަކީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޖިލީހުގެ އަސްލު މަސައްކަތް ނުކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މަޖިލީހުން ރައްޔިތުން ބޭނުންވާ ފަދަ މަސައްކަތްތަކެއް ކުރެވިގެން ނުދާނެ ކަމަށް ޝިފާއުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ޝިފާއުގެ އިތުރުން ޝަރީފް ހުށަހަޅުއްވާފައިވާ މަޖިލިސް ރައީސްގެ އިމްތިޔާޒްގެ މައްސަލައިގައި އިތުރު މެމްބަރުން ބަހުސްކޮށް އެމައްސަލައިގައި ވޯޓަށް އަހާފައެއް ނުވެއެވެ.

މިއަދު މަޖިލީހުގައި ލޯފަން މީހުންނަށް ވޯޓްލެވޭ ގޮތުގެ އިސްލާހު ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: