ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯޓިސްގެ މުއްދަތު ހަމަވާއިރަށް މުރާދު ގެއިން ނިކުންނާނަން: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން މަޖިލީހަށް ހުށައަޅާފައި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވާއިރަށް، މަޖިލީހުގެ ރައީސް ހުންނެވުމަށް ހަމަޖައްސަވާފައިވާ ގެކޮޅު ކަމަށްވާ މުރާދު ގެއިން ނިކުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުރާދުގެއަކީ މި ވަގުތަށް މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައިވާ ގެކޮޅެވެ.

މަޖިލީހުގެ 54 މެންބަރުންގެ ސޮޔާއިއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އެމަނިކުފާނު ވަނީ މަޖިލީހުގެ މި ސަބަބާއި ހެދި ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. މިކަންކަމާއި ގުޅިގެން މަޖިލީހުގެ މަސްލަހަތު ގެއްލިފައިވާއިރު، އެމަނިކުފާނު ދެކޭ ގޮތް ހިއްސާކުރެއްވުމަށް ރައިސް ނަޝީދު މިއަދު މަޖިލީހުގައި ނޫސްވެރިންނާއި ބައްދަލުކުރިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސް ނަޝިދު ރިޔާސަތު ނުބެލެހެއްޓި  ނަމަވެސް، މަޖިލީހުން ދެއްވާ މުސާރައާއި އިނާޔަތްތައް ނަންގަވާނެތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމަނިކުފާނަށް ފޮނުވާފައިވާ ނޯޓިސްގެ މުއްދަތު ހަމަވުމުން މުރާދުގެއިން ނިކުންނަވާނެކަމަށެވެ. އަދި އެގޭގައި ހުންނަވާ ހިތްނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގެ ހުންނަ ގޮތާއިމެދު އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން އެގޭގެ އަދިރިކަމާއި، ދޮރުތައް ލައްޕާފައި ބަހައްޓަންޖެހުމާއި، މިފަދަ ކަންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އަޅުގަނޑަކީ ގޯތި ގެދޮރި، މާލޭގައި ދިރުއުޅޭ ގޮތް ނެތިގެން އުޅޭނެ މީހެއް ނޫން. އަޅުގަނޑުވެސް ވަރަށް ބޮޑަށް އެދެން އަޅުގަނޑަށް ކެނެރީގެއަށް ބަދަލުވެވޭނެ ގޮތެއް ހައްދައިވައިދިނުމަށް.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެންކަމުން ކެނެރީގެއަށް އެމަނިކުފާނަށް ބަދަލުވެވޭނެ ގޮތް ހައްދަވައިދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

މުރާދޫގެއިން ނިކުތުމަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާނީ ކިހިނެއްތޯ، ނުވަތަ “ނުބެލެހެއްޓިގެން މަރާލައިފިނަމަ މަރުވީ” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރުވެސް އެމަނިކުފާނު އެހުރީ “ކިރިޔާ” ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: