ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެއްވެސް މީހަކަށް އިންޒާރެއް ނުދެން: ރައީސް ނަޝީީދު

ރައީސް ނަޝީދު ހިޔާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ) އިން މަޖިލީހަށް ވައްދާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެއްވެސް މީހަކަށް އިންޒާރުދީފައި ނުވާނެކަމަށް މަޖިލީހުގެ އަދި އެމްޑީޕީގެވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރައީސް ނަޝިދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ނަޝީދު ބައެއް މެންބަރުންނަށް އިންޒާރުދެއްވިކަމަށް ބުނެ ދެކެވުނު ވާހަކަތައް ފާހަގަކޮށް، އެއީ ތެދެއްތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ދުވަހަކުވެސް މީހަކަށް އިންޒާރުދީފައިނުވާނެކަމަށެވެ. އެމަނިކުފާނަށް އެތައް ބަޔަކު ފާޑުކިޔާކަމަށާއި، ނަމަވެސް އެއީ ކަންބޮޑުވާކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ 25 އަހަރު އެކިއެކި އަޅުގަނޑާއި ނުރުހޭ މީހުން، އަޅުގަނޑާއި ދިމާލަށް ކިޔާފަ ހުރި ރައްދުކޮށްފަ ހުރި ބަސްތައް، އެއީ އަޅުގަނޑު އެހާ ކަންބޮޑުވެގެން އުޅޭކަމެއް ނޫން.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރައްވާ މަސައްކަތުގެ ގޮތުން މީހުން ފާޑުކިޔާނެކަމަށާއި، ކަންކަން ކުރަނީ އެތައް ބައެއްގެ ނަޒަރުންކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގައި ހުންނަވާވެސް، މިފަދަ ފާޑުކިޔުންތައް ކިޔުމަކީ މަނާކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި އީވާ ވަކިކުރުމުގެ މައްސަލައިގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. އެގޮތުން ނިޔާޒަށް އަމާޒުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަސައްކަތް ތިޔަ ކުރައްވަނީ ޅ. ހިންނަވަރު ދޭލިޔާގެ މުހައްމަދުގެ ދަރިފުޅު އީވާ “އެއްލާލުމަށް” ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި ނިޔާޒް ވިދާޅުވީ، އެއީ ވަރަށް އުނދަގޫ ނިންމުމެއްކަމަށާއި، ނަމަވެސް އެ ނިންމުން ނިންމާފައިވާކަމަށެވެ. އެއާއިއެކު ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ގެއްލުމުން އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފާނުކަމަށް ވިދާޅުވެފައެވެ. ނިޔާޒް ވިދާޅުވީ ކައިރީގައި ހުންނަންވީ ވަގުތަކީ މިއީކަމަށެވެ. އަދި ޕާޓީން ވަކިވުމުން މަގާމުގައި ބަހައްޓަން ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބެވި މެންބަރުން ނިޔާޒް އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށްވެސް އީވާ މަޖިލީހުގެ ނައިބުކަމުން ވަކިކުރުމަށް ބިރުދައްކަމުންދާކަމަށެވެ. ނަމަވެސް ނިޔާޒް ވަނީ މިވާހަކަތައް ދޮގުކުރައްވާ، އޭނާއަށް ބިރު ނުދެއްކޭނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: