ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ރައީސް ސާލިހަށް: އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެންގެވުމަށްފަހު އަޅުގަނޑުގެ މައްސަލަ ކުރިއަށް ގެންދަވާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް . ދެ ބޭފުޅުން ސަލާން ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދެވުމަށްފަހު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައިސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައެޅުމުން އިދިކޮޅުން ފަރާތްތަކުން ގަބޫލުކުރައްވަނީ ދެން މަޖިލީސް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ކޮންމެވެސް އެއް މައްސަލައެއް އަލުން އަނބުރާ ގެންގޮސްގެން ނޫނީ ކުރިއަށް ނުގެންދެވޭނެކަމަށް ބައެއް ބޭފުޅުން ގަބޫލުކުރައްވައެވެ. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށައަޅާފައިވާތީ، މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާތީކަމަށް އިދިކޮޅާއި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ހިމެނޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރިއެވެ.

މި ވާހަކަތަކަށް ތާއިދުކުރައްވާ މިއަދު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށައެޅުނު ފަހަރުތަކުގައި، ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދެވީކަމަށެވެ. އަދި އެހެން ދައުރުތަކުގައި ކަން ހިނގާދިޔަގޮތް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސަލިހުގެ އަރިހުން ރައީސް ނަޝިދު އެދިވަޑައިގަތީ މަޖިލީސް ހުއްޓަވާ ނުލެއްވުމަށާއި، މަޖިލީސް ބަންދުވާ ޒާތުގެ އެއްވެސް ކަމެއް ނުކުރެއްވުމަށެވެ. ރައީސް ސާލިހަކީ އެމްޑީޕީގެ އިސް ލީޑާރުކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ އިސް ލީޑަރު މަސައްކަތް ކުރައްވަނީ ޕާޓިގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށްކަމަށެވެ. އެމަނިކުފާނު ރައިސް ސާލިހު އަރިހުން އެދިވަޑައިގަތީ މިކަން ކުރުމަށް އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ކުރެއްވުމަށެވެ.

ދެންގެވުމަށްފަހު، އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާށޭ، އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް މަޖިލީސް ނުހުއްޓަވާ މިކަން ކުރައްވަން އެނގިވަޑައިގަންނަވާނަމަ ހަމަ ރީތިކޮށް ގެންގޮސް އަޅުގަނޑުގެ އިތުޞާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީސް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވުމަށް ރައީސް ސާލިހު އެދޭނަމަ، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެންގެވުމަށްފަހު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

ރައީސް ސާލިހު ވަނީ މަޖިލީހުގެ ކޮންޓްރޯލް ނަންގަވާފައިކަމަށާއި، މަޖިލީސް ކުރިއަށްދަނީ އެ ކޮންޓްރޯލްގެ ދަށުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: