ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މާދަމާގެ ޖަލްސާ ނުބޭއްވޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ބޭއްވެން ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާލުވީ މިއަދު މަޖިލީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ. މާދަމާގެ ޖަލްސާ ނުބޭއްްވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވީ ވިދިވިދިގެން ތިން ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައިސް ނޫން މީހަކަށް ރިޔާސަތު ނުބެލެހެއްޓެވޭނެކަމަށް ގަވާއިދުގައި ބުނެފައިވާފީއެވެ.

މިއަދަށް އެ ތިން ޖަލްސާ ހަމަވީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.  އެހެންކަމުން އެމަނިކުފާނުގެ ނަޒަރުގައި ދެން މަޖިލީހުގެ ޖަލްސާތައް ބޭއްވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ތިން ޖަލްސާގެވެސް ރިޔާސަތު ބަލަހައްޓަވާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: