ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑު ބެންކާއި އެކު ސަރުކާރުން 67.8 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއް ގާއިމުކޮށްފި

ވޯލްޑު ބެންކާއިއެކު އެއްބަސްވުން ގާއިމު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަސްވެރިކަމުގެ ސިނާއަތު ހަރުދަނާކުރުމަށްޓަކައި ވޯލްޑް ބެންކާއިއެކު، ދިވެހި ސަރުކާރުން 67.8 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ރިޕޯޓުކުރާގޮތުން، ރާއްޖޭގެ ސަރުކާރާއި ވޯލްޑު ބެންކުގެ ދެމެދު ގާއިމުކުރެވިފައިވަނީ ދެ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުންތަކުގެ ދަށުން އެ ބެންކުން ރާއްޖޭގެ ސަރުކާރަށް 67.8 މިލިއަން ޑޮލަރު ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވާގޮތުން، މި އެއްބަސްވުންތައް ގާއިމު ކުރެވިފައިވަނީ ރާއްޖޭގެ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް އިތުރަށް ހަރުދަނާ ކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކޮށް، މަސްވެރިކަމުގެ ދާއިރާއަށްވެސް ހަރަދުކުރުމުގެ މަގުސަދުގައެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުކަމަށްވާއިރު، ވޯލްޑު ބެންކުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ ނޭޕާލް އަދި ލަންކާ އަށް ވޯލްޑު ބެންކުން ކަނޑައޅާފައިވާ ކަންޓްރީ ޑިރެކްޓަރެވެ.

މިނިސްޓަރު އަމީރު ވިދާޅުވެފައިވާގޮތުން، ރާއްޖޭގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ ސަރުކާރުގެ ހިއްސާވާ ކުންފުނިތައް އިތުރަށް ހަރުދަނާކޮށް، އިގްތިސާދުވެސް ފުޅާކުރުމަށެވެ. އަދި ވޯލްޑު ބެންކާއިއެކު ގާއިމު ކުރެވިފައިވާ އެއްބަސްވުންތަކުގެ ސަަބަބުން ރާއްޖޭގެ ވެރިޔަފާރިވެރިންނަށް އިތުރު ހިތްވަރެއް ލިބި، މަސްވެރިކަމުގެ ދާއިރާއަށްވެސް މަންފާ ކުރާނެކަމަށާއި އެއްބަވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހަމަޖެހުމަށްވެސް ފަސޭހަތަކެއް ލިބިގެންދާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ވޯލްޑު ބެންކުން އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދުގެ މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރުމުގެ ގޮތުން ވޯލްޑު ބެންކުން ހިންގަމުންދާ މަޝްރޫޢޫއަކީ 64.8 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ. މި އަދަދުގެ ތެރެއިން 52.8 މިލިއަން ކަނޑައެޅިފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ޖުމުލަގޮތެއްގައި ސަރަހައްދުގެ އެ ދާއިރާ ހަރުދަނާ ކުރުމަށެވެ.

ދެނަވަ އަށް ގާއިމު ކުރެވިފައިވާ މޯލްޑިވްސް ކޮމްޕެޓިޓިވްނެްސް އެންޑް ގްރޯތު ޕްރޮޖެކްޓު އެއްބަސްވުމުގެ ދަށުން ވޯލްޑު ބެންކުން ރާއްޖެއަށް 15 މިލިއަން ފޯރުކޮށްދޭނެއެވެ. މި މަޝްރޫޢުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ޕްރައިވެޓު ސެކްޓާރ އިތުރަށް ހަރުދަނާކޮށް، އިގްތިސާދީ ސިނާއަތުގައި އެ ސެކްޓާރގެ ބައިވެރިވުން އިތުރުކުރުމެވެ. އެގޮތުން، ރާއްޖޭގައި ލޯނު ހޯދުން ފަސޭހަކޮށް، އިތުރު 40،000 ކުދި އަދި މެދުންފަންތީގެ ވިޔަފާރިތައް ގާއިމު ކުރުމަކީ މައިގަނޑު އަމާޒެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: