ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މަރުތަޅު އެޅުވުމާއި، އަބްދުﷲ ގާޒީ ރަހީނު ކުރުން އެއްފަދަ: މަވޯޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި”މަރުތަޅު” އެޅުވުމަކީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ރަހީނު ކުރުމުގެ އަމަލާއި އެއްފަދަ ކަމެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމާއި ގުޅިގެން މަޖިލީހުގެ މަސައްކަތްތަކަށްވަނީ ހުއްޓުމެއް އައިސްފައެވެ. އިދިކޮޅުން ސަރުކާރަށް “މަރުތަޅު” އެޅުވުމުގެ ތުހުމަތުތައް އަމާޒުކުރާއިރު، ސަރުކާރު ފެކްޝަނުންދަނީ އެކަމުގެ ޒިންމާ އިދިކޮޅު ފަރާތްތަކަށް އަމާޒުކުރަމުންނެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް އިޝާރާތްކުރައްވާ ޝަރީފްވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު މަގާމުގައި ހުންނެވީ، ގަދަ ބާރުންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެމަނިކުފާނުގެ ވެވަޑައިގަންނަމުންދާ ބޮޑު ހިޔާނާތެއްކަމަށެވެ. ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ކުރައްވަމުންދާ ކަމަކީ، ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ގޮށްމުށުގެ ބާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގެ ދައުރުގައިވެސް ދާދި އެއްފަދަ އަމަލެއް ހިންގެވިކަމަށެވެ. އޭނާ ވިދާލުވީ، އެއީ ސިފައިން ފޮނުވައިގެން ގާޒީއެއް ރަހީނު ކުރި މައްސަލަކަމަށެވެ.

ޝަރީފް ވިދާޅުވީ، މަޖިލީސް ހުއްޓުވުމަކަށް ގެނައުމަކީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލައާއި އެއްފަދަ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އަމަލުކުރައްވާގޮތުން، ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާކަމަށެވެ. އެހެންކަމުން މި “ޖަރީމާ”އަށް ކަމާއިބެހޭ ފަރާތްތަކުނ ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މުއައްސަސާގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، އެއީ ފަސް އަހަރު ދުވަހުގެ މުއަދަކަށް ޖަލަށް ލެވޭނެ ކުށެއްކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނު އެކަން ބަޔާންކޮށްފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ، މަޖިލީހާއި ކޮމިޓީތަކުގައި މަރުތަޅު އަޅުއްވައިގެން ރައީސް ނަޝީދުވަނީ ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިނުވާ މިންވަރަކަށް އަރައިގަނެފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: