ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބުނު އާމްދަނީއަށްވުރެ ސަރުކާރުގެ ހަރަދު ބޮޑު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިބޭ އާމްދަނީއަށް ވުރެ ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ފިނޭންސް މިނިސްޓްރީގެ ތާފަސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް އިން ކޮންމެ ހަފްތާއަކުވެސް ޝާއިއުކުރާ ވީކްލީ ފިކްކަލް ޑިވެލޮޕްމެންޓްސްއިން ދައްކާގޮތުން، ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި އެކި ގޮތް ގޮތުން ލިބިފައިވަނީ 14.68 ބިލިއަން ރުފިޔާއެވެ. މި އަދަދުގެ ތެރޭގައި ޓެކްްސް ފައިސާގެ ގޮތުގައި ލިބޭ އާމްދަނީވެސް ހިމެނެއެވެ. ސަރުކާރުންވަނީ އެ ދުވަހުގެ ނިޔަލަށް ޖުމުލަ ބަޖެޓުގެ 48.87 އިންސައްތަ އާއި ގާތް ކުރާ އަދަދެއް ބޭނުންކޮށްފައެވެ. އެއީ 19.9 ބިލިއަން ރުފިޔާއެވެ. މިއީ ލިބިފައިވާ އާމްދަނީއަަށްވުރެ 34.7 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުގެ ޖުމުލަ ހަރަދުގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ރިކަރެންޓު އެކްސްޕެންޑިޗާތަކަށެވެ. އެގޮތުން 13.62 ބިލިއަންގެ ރިކަރެންޓު ހަރަދުތަކުގެ ތެރެއިން 4.9 ބިލިއަން މުސާރައިގެ ގޮތުގައި އަދި 8.5 ބިލިއަން އިދާރީ އަދި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް ހަރަދުކޮށްފައިވާއިރު، 231.9 މިލިއަން ރުފިޔާ ލިބިފައިވާ ގެއްލުންތަކާއި އެހެނިހެން ކަންކަމަށް ހަރަދުކޮށްފައިވެއެވެ. ޖުމުލަ ހަރަދުގެ ތެރެއިން ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ހޭދަކޮށްފައިވަނީ 6.3 ބިލިއަނާއި ގާތް ކުރާ އަދަދެކެވެ. ކެޕިޓަލްގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ އިންފްރާސްޓްރަކްޗާ ބިނާކުރުމަށްކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: