ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ހުއްޓިފައި އޮތް މައްސަލައަށް ހައްލު ހޯދުމަށް އެމްޑީޕީގެ ޕީޖީއިން މަސައްކަތެއް ނުކުރޭ: ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދު، އަސްލަމްއާ ސަލާމް ކުރައްވަނީ— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް ހުއްޓިފައި އޮތް މައްސަލައަށް ހައްލު ހޯދުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕު (ޕީޖީ) އިން މަސައްކަތްނުކުރައްވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 5 ޖަލްސާގެ މެދުކެނޑުމަކަށްފަހު ރިޔާސަތާއި ހަވާލުވެ ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ރިޔާސަތާއި ހަވާލުވެވަޑައިގެންފައިވަނީ، މަޖިލީހުގެ ރައީސް ނޫން އެހެން ބޭފުޅަކު ރިޔާސަތު ބަލަހައްޓެވުމުގެ ފުރުސަތު ލިބޭ 3 ޖަލްސާ ހަވަވުމުންނެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީސް ހުއްޓިފައި އޮތް އޮތުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށްވެސް ހައްލު ހޯދައި ނުދެވުނުކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީއިންވެސް މިކަމުގައި އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މަޖިލީސް ހުއްޓުމަކަށް އައީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ އެއްފަހާރާ މަޖިލީހަށް ވެއްދުމުންނެވެ. ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސަލިހުގެ އަރިހުން ރައީސް ނަޝިދު އެދިވަޑައިގަތީ މަޖިލީސް ހުއްޓަވާ ނުލެއްވުމަށާއި، މަޖިލީސް ބަންދުވާ ޒާތުގެ އެއްވެސްކަމެއް ނުކުރެއްވުމަށްވެސް އެދިވަޑައިގެންފައެވެ. ރައީސް ސާލިހަކީ އެމްޑީޕީގެ އިސް ލީޑާރުކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ އިސް ލީޑަރު މަސައްކަތް ކުރައްވަނީ ޕާޓިގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށްކަމަށެވެ. އެމަނިކުފާނު ރައިސް ސާލިހު އަރިހުން އެދިވަޑައިގަތީ މިކަން ކުރުމަށް އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ކުރެއްވުމަށެވެ.

ދެންގެވުމަށްފަހު، އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާށޭ، އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް މަޖިލީސް ނުހުއްޓަވާ މިކަން ކުރައްވަން އެނގިވަޑައިގަންނަވާނަމަ ހަމަ ރީތިކޮށް ގެންގޮސް އަޅުގަނޑުގެ އިތުޞާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީސް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވުމަށް ރައީސް ސާލިހު އެދޭނަމަ، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެންގެވުމަށްފަހު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ އެއްވެސް މައްސަލައެއް އަނބުރާ ނުގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ަޖްލސާތައް ކުރިއަށް ގެންދެވޭނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: