ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 މައްސަލައެއް ނިމެންދެން މަޖިލީސް ދިގުދައްމާލަން އެދިފައިވަނިކޮށް، ދައުރު ނިންމާ ޗުއްޓީއަށް

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

5 މައްސަލައެއް ނިމެންދެން މަޖިލީސް ދިގުދައްމާލަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕު (ޕީޖީ) އިން އެދިފައިވަނިކޮށް މިއަދު ބޭއްވީ މި ދައުރުގެ ފަހު ޖަލްސާކަމަށް އިއުލާންކޮށް މަޖިލީސް ޗުއްޓީއަށް ހިނގައްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުންވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާކަން އިއުލާން ކުރައްވާފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފަސް މައްސަލައަކާއިމެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރު ދިގު ދަންމާލެއްވުމަށް ފުރުސަތު ދެއްވުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.

އަސްލަމް ފާހަގަކުރެއްވި ފަސް މައްސަލައަކީ:

  1. ދާއިމީ ކޮމިޓީތަށް އެކުލަވާލެވިފައިނުވާ މައްސަލަ
  2. ބަންޑާރަ ނައިބާއި ހާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ
  3. މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމުގެ މައްސަލަ
  4. އިލެކްޝަންސްއަށް މެމްބަރަކު އައްޔަނުކުރުމުގެ މައްސަލައިގައި
  5. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މައްސަލަ

އޭނާވަނީ ގާނޫނޫއަސާސީ އަދި މަޖިލީހުގެ ގަވައިދުގެ އިތުރުން ކުރައްވައިގެން ހުންނެވި ހުވާތަކާއި އެއްގޮތަށް ޒިންމާ އަދާކުރެއްވުމަށް އިލްތިމާޒްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަހަރުގެ ދެ ވަނަ ދުވަހުގެ ޖަލްސާތައް ނިންމާލާ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށަން ޖެހޭނީ އޮގަސްޓް މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: