ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއައްސަސާތަކުގެ ވެރިން ރައީސް އޮފީހަށް ހާޒިރުކޮށްގެން މަޝްވަރާކުރީ ބަންދު ދުވަސްތަކުގައިވެސް ރައީސް ޔާމީންއަށް އަނިޔާކުރުމަށް: އަބްދުލްރަހީމް

އިދިކޮޅުގެ ލީޑަރޝިޕުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ÷/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން ރައީސް އޮފީހަށް ޒިޔާރަތްކުރެއްވުމުން ބައްދަލުނުކުރައްވާ، ސަރުކާރުގެ މުއައްސަސާތަކުގެ އިސް ވެރިން ހާޒިރުކުރައްވައިގެން ބައްދަލުވުމެއް ކުރިއަށް ގެންދެވީ ޒާތީވެ ކުރިއަށް އޮތް ބަންދު ދުވަސްތަކުގައިވެސް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އަނިޔާކުރުމަށް ރޭއްވެވުމަށްކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މުހިންމު މުއައްސަސާތައް ހުއްޓިފައިވާ މައްސަލައާއި ރައީސް ޔާމީންގެ ބަންދުގެ މައްސަލައިގައި އިދިކޮޅުންވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ. ވަޑައިގަތުމަށް މަސައްކަތްކުރުމުން ފުލުހުންގެ ހުރަސްތަކާއިވެސް ކުރިމަތިވީނަމަވެސް، އިދިކޮޅުން ވަނީ ރައީސް އޮފީހުގެ ތެރެއަށް ވަދެވަޑައިގެން ރައީސުލްޖުމުހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ. އިދިކޮޅުގެ ލީޑާރޝިޕުން ރައީސް އޮފީހަށް ވަޑައިގަތްތާ ގިނަ އިރުތަކެއް ނުވަނީސް ހޯމް މިނިސްޓަރު އިމްރާން، ޕީޖީ ޝަމީމް އަދި އޭޖީ ރިފްއަތުވެސް ރައީސް އޮފީހަށް ވަޑައިގަތް މަންޒަރު ފެނިގެންދިޔައެވެ.

ރައީސް އޮފީހުގައި ވަގުތުތަކެއް ހޭދަކުރެއްވުމަށްފަހު، ނުކުމެވަޑައިގެން އިދިކޮޅުގެ ލީޑަރޝިޕުންވަނީ ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރައްވާ، އިދިކޮޅުން ރައީސް އޮފީހަށް ވަޑައިގަތް މަގުސަދު ހާސިލުވެފައިނުވާކަން ފާހަގަކުރައްވާފައެވެ.

ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އަބްދުލްރަހީމް ވިދާޅުވީ، ރައީސް އޮފީހަށް ވަޑައިގަތީ އެމަނިކުފާނު ބައްދަލުކުރައްވާނެކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުންކަމަށެވެ. އެހެންނަމަވެސް ވަޑައިގެން ތިއްބަވަނިކޮށް އެތަނަށް ޕީޖީ ހާޒިރުކުރެއްވި މަންޒަރު ފެނިވަޑައިގަތްކަމަށާއި އެއަށްފަހު، މިނިސްޓަރު އިމްރާން އާއި އޭޖީ ރިފްއަތުވެސް އެތަނަށް ވަޑައިގެންނެވިކަމަށާއި އެއަށްފަހު ގިނަ އިރުތަކެއް ނުވެ ކޮމިޝަނަރު ހަމީދުވެސް ވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ، އިދިކޮޅުގެ ލީޑަރޝިޕާއި ރައީސް ބައްދަލުނުކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން ގަބޫލުކުރާގޮތުން، ރައީސް ސާލިހު ސަރުކާރުގެ އިސްވެރިންނާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމަކީ ބަންދު ދުވަސްތަކުގައި ރައީސް ޔާމީންއަށް އަނިޔާތަކެއް ދިނުމަށް ރޭއްވެވުމަށް ބޭއްވި ބައްދަލުވުމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ ނޫން ހާލަތެއްގައި އިދިކޮޅުގެ އިންޓަރވިއުއެއް ނިމުމާއިއެކު ރައީސް އޮފީހަށް މުއައްސަސާތަކުގެ އިސްވެރިން ހާޒިރުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެތަނުން ނުކުމެވަޑައިގަތީ ބައްދަލު ނުކުރައްވާނެކަމަށް ވިދާޅުވުމުންކަމަށެވެ.

އަބްދުލްރަހީމްވަނީ އިދިކޮޅުން ރައީސް އޮފީހުން ނުކުމެވަޑައިގަތުމުން ފުލުހުންގެ މުއައްސަސާގެ ފަރާތުން ދަތިތަކެއް ކުރިމަތިވެގެންދިޔަކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ނުކުމެވަޑައިގެން އެ ސަރަހައްދުގައި ދެއްވުމަށް ގަސްދުކުރެއްވި އިންޓަރވިއުއަށް ފުލުހުން ހުރަސްއެޅީ ރައީސް ސާލިހުގެ އަމުރަށްކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެ މަންޒަރުތައް ގެނެސްދިނުމަށް ހާޒިރުވެ ތިބި މީޑިއާތަކުގެ މުއައްޒިފުންނަށްވެސް ފުލުހުންވަނީ އަނިޔާކޮށްފައިކަމަށެވެ. އެގޮތުން ނޫސްވެރިޔަކު ކޮށްޕާލައި ވައްޓާލިކަމަށާއި، އެހެން ނޫސްވެރިޔަކަށް ޕެޕަރސްޕްރޭ ޖެހުމުގެ ސަބަބުން އަނިޔާތަކެއް ލިބިގެންދިޔަކަމަށްވެސް ފާހަގަކުރައްވާ އޭނާވަނީ އެ މަންޒަރު އާންމުންނަށް ފެނިވަޑައިގެންފައިވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ އިދިކޮޅުގެ އިންތިގާލީ ކޮމިޓީގެ މެމްބަރަކު ހައްޔަރު ކުރި މައްސަލައިގައިވެސް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އެނާ ހައްޔަރު ކުރުމުގެ ތެރެއިން ފުލުހުން އަމަލުކުރެއްވި ގޮތުގެ ސަބަބުން، އަތް ބިންދައިގެން ގޮސް އަނިޔާތަކެއް ލިބިގޮސްފައިވުމުގެ ފުރުސަތު އޮތުމާއިއެކު، އޭނާ މިނިވަންކުރެއްވުމަށްވެސް އަބްދުލްރަހީމްވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: