ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަސްތައް ހޭދަވާ ވަރަކަށް ޑިމޮކްރެޓްސްގެ އަސްލު ކުލަ ދަނީ ހާމަވަމުން: މަވޯޓާ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވަސްތައް ހޭދަވަމުންދާވަރަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުގެ އަސްލު ކުލަވަރުތައް ފެންނަމުންދާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅުމާއިއެކު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން، މަސައްްކަތްތައްވަނީ ހުއްޓިފައެވެ. އެމްޑީޕީއިން ދަނީ އިދިކޮޅު ފަރާތްތަކަށް އެކަމުގެ ފާޑުކިޔުންތައް އަމާޒުކުރަމުންކަމަށްވާއިރު، އިދިކޮޅުންވެސް ދަނީ މި މައްސަލަ އާއި ގުޅިގެން އެމްޑީޕީއަށް ތުހުމަތުތައް އަމާޒުކުރަމުންނެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުން ނުވަތަ ޑިމޮކްރެޓްސްއިން ހިންގަމުންދާ އަމަލުތަކުގެ އަދުލުވެރިކަން ދެއްކުމަށްޓަކައި މިހާރު ޖެހޭނީ އިތުރު ވާހަކަތަކެއް އުފައްދަންކަމަށެވެ. އޭނާ ވިދާޅުވީ، ދުވަސްތައް ހޭދަވަމުންދާވަަރަކަށް އެ ބޭފުޅުންގެ ހަގީގީ ކުލަވަރުތައް ފެނި، ނުބައި ރޭވުންތައްވެސް ހާމަވެ ސާފުވަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުން ނުވަތަ ޑިމޮކްރެޓްސްގެ މެމްބަރުން ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް ހަގީގަތުގައި ޝައުގުވެރިވެވަޑައިނުގަންނަަވާކަންވެސް އެންމެހާ ފަރާތްތަކަށް ސާފުވާނެކަމަށެވެ. ޝަރީފް ވިދާޅުވީ، ގައުމު އަލުން އާރާސްތުކުރުމަށްވެސް އެ ބޭފުޅުންގެ ޝައުގުވެރިކަމެއް ނެތްކަން އަދި މަސައްކަތްކުރަމުންދަނީ ކޮންމެ ހާލެއްގައިނަމަވެސް ބާރުވެރިކަން ހާސިލުކުރުމަށްކަންވެސް ކަންބޮޑުވެވަޑައިގަންނަވާ ކަންމެ މީހަކަށްވެސް ސާފުވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު ކޮންގްރެސް ކޯލިޝަނާއިއެކު، ކުރަމުންދާ މަސައްކަތްތަކާއި، އެ ބޭފުޅުން ހާސިލުކުރަން ބޭނުންވާކަމަށް ވިދާޅުވާ ލަނޑުދަނޑިތަކާއިވެސް ދިމާނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: