ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއާދު ބޭނުންކޮށްގެން ވޯޓު އޮޅުވާލުމަށް ނަޝީދު ކުރާ މަސައްކަތްތައް ހުއްޓުވަންޖެހޭ: ޝިފާއު

ރައްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގު މެދުވެރިކޮށް ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ތުހުމަތުކުރައްވައިފިއެވެ.

ފިކުރެއްގެ ދިރުމުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މެމްބަރެއްކަމަށްވާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ މީގެ ދުވަސްތަކެއް ކުރިން ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރައްވާކަމުގެ ތުހުމަތުކޮށްފައެވެ. އޭނާ ވަނީ އަލަށް އައްޔަނުކުރުމަށް މަސައްކަތްކުރަމުންދާ އިލެކްޝަންސްގެ މެމްބަރު މެދުވެރިކޮށް ވޯޓު ފޮށިތައް އެތެރެ ނުފެންނަ ބަދަލުކުރުމަށާއި ވޯޓުލުން ހުކުރު ދުވަހަށް ބަދަލުކުރުމަށް މަސައްކަތްކުރައްވަނީތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ސުވާލު ކުރެއްވީ މެމްބަރަކު އައްޔަނު ކުރުމަށް މަސައްކަތްކުރަނީ ހުކުރު ވަގުތުގައި ފޮށިތައް ހުޅުވައިގެން “ޒީރޯ ޓޮލަރެންސް” ގެ އަމަލެއް ހިންގަވަންކަމާއިމެދުއެވެ.

ޝިފާއު ވަނީ ވަހީދުގެ ޓްވީޓަށް ރައްދުދެއްވާފައެވެ. އެގޮތުން ވޯޓު އޮޅުވާލުމަށް މަސައްކަތްކުރައްވަމުންދަނީ ރައީސް ނަޝީދުކަމަށާއި، އެމަނިކުފާނު އެ މަގުސަދު ހާސިލުކުރެއްވުމަށް އިލެކްޝަންސްގެ ރައީސް މެދުވެރިކޮށް ކުރައްވަމުންދާ މަސައްކަތްތައް ހުއްޓުވަންޖެހޭކަމަށްވެސް ޝިފާއު ފާހަގަކުރެއްވިއެވެ.

ވަހީދު ވަނީ ޝިފާއުގެ ވާހަކަތަކަށް އަނބުރާ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ފުއާދު ތައުފީގަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ފަރާތެއްކަމަށެވެ. އަދި ފުއާދަކީ ސިފާއު ފަދައިން އަމަލުކުރައްވާ ފަރާތެއް ނޫންކަމަށް ވިދާޅުވެ އޭނާ ވަނީ ޝިފާއު ވައްކަމުގެ އަމަލެއް ހިންގެވިކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ ފުއާދަކީ ޑިންގީ އަދި ބޮއްކުރާ ފަދަ ތަކެތި ވަގަށް ނަންގަވާނެ ބޭފުޅެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށް ރައްޔިތުން އިތުބާރުކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: