ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު މުއިއްޒަށް ނޭނގެނީނަމަ ވެރިކަމުން އަޒުލުކުރެވޭނެ: ޝިފާއު

މެމްބަރު މުހައްމަދު ޝިފާއު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމް ކުރައްވަނީ--
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމުގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ވަލީއަމްރަށް ނޭނގެނީނަމަ، ވެރިކަމުން އަޒުލުކުރެވޭނެކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކުރި ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ ވެރިކަންތައް އުފެދުމާއި ބަދަލުވުމަކީ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ތޮބީއީ ސިފައެއް ނަމަވެސް ރާއްޖޭގެ ރައްޔިތުން އެކަންތައްތައް ކުރަނީ އުއްމީދެއް އޮވެގެންކަމަށެވެ.

މިހާރު އޮތް ޕީޕީއެމް/ޕީއެންސީ ސަރުކާރުގެ މައިގަނޑު ވާހަކަތަކަކީ އެމްޑީޕީގެ ސަރުކާރުން ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ވާހަކައާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ ވާހަކަކަމަށް ޝިފާއު ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާއި އެއްކޮށް ރާއްޖޭގެ އުތުރުން ދެކުނަށް އެކި ކަނކޮޅުތަކުގައި އެބަ ތިއްބޭ، އެތައް ހާސް ސިފައިންނެއް އެބަ ތިއްބޭ އިންޑިއާގެ މިލިޓަރީ ސިފައިން.
ޝިފާއު ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް އެކަޑަމީއާއި، ހަނިމާދޫ އެއާޕޯޓާއި، މާލޭ ބަނޑި ގުދަންވެސް ކޮންޓްރޯލް ކުރަނީ އިންޑިއާ ސިފައިންކަމަށް ބުނެ އެތައް ވާހަކައެއް ދެއްކެވިކަމަށް ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ، އެ ވާހަކަތައް ދެއްކެވި ބޭފުޅުން ވެރިކަމާއި ހަވާލުވިތާ 3 ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ ރާއްޖޭގެ ވަލީއުލްއަމްރުކަމަށް ގާނޫނުގައި އޮންނަކަމަށް ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމަށްވަނީނަމަ ސިފައިންގެ އެންމެ މަތީ ވެރިޔާއަށް އެކަމާއި ބެހޭ މައުލޫމާތުތައް އެނގެން ޖެހޭނެކަމަށެވެ.

އެ އެތައް ހާސް ސިފައިންނަކަށް ވީ ކިހިނެއްތޯ، ބިންގަރާސް ތެރެއަށް ވަޅުލީތޯ، ނޫނީ ކަނޑު ބޯޓެއްގައި ކަނޑަށް ބޭލީތޯ ސާފުވާން އެބަޖެހޭ.
ޝިފާއު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް ކޮންޓްރޯލްކުރުމުގެ އެންމެ މަތީ އަމުރު މައުރޫފް ހިންގަވަނީ ވަލީއުލްއަމުރުކަމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒުކަމަށް ޝިފާއު ވިދާޅުވިއެވެ. އެ ބޯޑަރުތައް ކްރޮސްކޮށް ބަރު ހަތިޔާރާއިއެކު ރާއްޖެ އެތެރެވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ވަލީއުލްއަމްރަށް ނޭނގެނީނަމަ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސް މުއިއްޒު އަޒުލުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސިފައިންނަށްވީ ގޮތް މި ސަރުކާރުން ސާފުކޮށްދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ. ޝިފާއު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑީއާ ސިފައިންނެއް ނެތެވެ.

ރިޔާސީ އިންތިހާބުތައް ކާމިޔާބުކުރުމަށް އޮންނަ އުކުޅަކީ ދޮގު ހެދުންކަމަށްވަނީނަމަ، އެއީ ރާއްޖޭގެ މުސްތަގުބަލަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއްކަމަށާއި، އެ މަގުން ވެރިކަންތައް ބަދަލުވުމަކީ ފުރުސަތު ދީގެންވާނެކަމެއް ނޫންކަމަށް ޝިފާއު ވިދާޅުވިއެވެ. ވެރިކަން ހޯދުމުގައި އަސްލެއް އޮންނަންވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިހަވަންދޫ ދާއިރާގެ މެމްބަރު ޝަިފާއު މެމްބަރު ކަމުން އަޒަލު ކުރަން ގޮވާލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: