ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންދަނީ އިތުރުވަމުން: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ނަފްސާނީ ބަލިތަކުގެ މައްސަލަ ބޮޑުވެފައިވާކަމަށާއި، އެންޒައެޓީ ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އަދަދުތައް އިތުރުވަމުންދާކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ހިދުމަތްތަކާއި ގުޅޭ ގަރާރަކާއިމެދު ވާހަކަދައްވަމުން ޝިފާއު ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ދިނުން، އެއީ ހާއްސަ ސަމާލުކަމެއް ދީގެން ކުރެވޭ ކަމެއް ގޮތުގައި ކުރަންޖެހިފައިވާކަމަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ބައްޓަން ކުރެެވިފައިވަނީ ގިނަ ރަށްތަކެއްގައި ސިއްހީ ފަރުވާދޭ ކުދި މަރުކަޒުތަކެއް ގާއިމުކޮށްގެންކަމަށް ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ، ބޮޑެތި މަރުކަޒުތައް ގާއިމު ކުރެވިފައިވަނީ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކުގައިކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީ އޮންނަނީ ކުދި ރަށްތަކެއްގެ ތެރޭގައި ބެހިފައިކަމަށެވެ. އަދި ކުޑަ ރަށެއްގައި ހުރި މީހަކަށް ބޭނުންވާ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަކީ ހަރަދުގެ ގޮތުން ބޮޑު ކަމެއްގެ ގޮތުގައި ވީނަމަވެސް އެކަމަކީ ނަފްސާނީ ބަލި މަޑުކަމުން މުޖުތަމައު ސަލާމަތްކުރުމަށް  ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، އެއްވެސް ރައްޔިތެއް ބާކީ ނުވެ، ފަރުވާ ލިބޭނެ ގޮތް އިންތިޒާމު ވެގެންދިއުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެމަގުން ކަންކަން ކުރުމަށް ބާރު އަޅާކަމަށް ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ، ބަލި ތަހައްމަލު ކުރަަމުންދާ އަދަދާއި އަޅާ ބަލާއިރު، ފަރުވާދޭން ތިބޭ ސިއްހީ ހިދުމަތްތެރިންގެ އަދަދުތައް މަދުކަމަށެވެ. އެނާ ވިދާޅުވީ، ދުނިޔޭގައިވެސް އެފަދަ ހިދުމަތްތެރިން މަދުކަމަށެވެ.

ރާއްޖެއިން ބޭރުން ހިދުމަތްތެރިން ގެނެސްގެން ފަރުވާދިނުމުގެ ވާހަކަތައް ގަރާރުގައި އޮތްކަަމަށް ޝިފާއު ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، އެކަމަކީ މުހިންމު ކަމެއް ނަމަވެސް ދިވެހިން އެފަދަ ފަރުވާ ދިނުމުގައި ތަމްރީނުކޮށް ޓްރެއިނިންގްތައް ދިނުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: