ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްް ސޯލިހުއަށް މިދައުރު ފުރިހަމަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ: ޝިފާއު

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިހާރު ކުރަމުންދާ މަސައްކަތަކީ ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ހޯދަން ޕެޓިޝަނެެއްގައި ސޮއިކުރުމެވެ. އެ މަސައްކަތް ކުރަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރިހަމަ ތާއީދާ އެކު އެމަނިކުފާނުގެ ފެކްޝަނުންނެވެ.

މިކަމާ ގުޅިގެން ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ މައްސަލަ ޖެހިގެން މިއުޅެނީ ނިޒާމަކު ނޫން ކަމަށާއި އެ ނިޒާމުގެ ތެރޭ ތަންފީޒުކުރާ އުސޫލުތަކުގައި ކަމަށެވެ. އެހެންކަމުން ރައީސް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދާ ނިޒާމު ބަދަލުކޮށްގެން އިންތިހާބަކަށް ދިޔަ ނަމަވެސް އަދި ނިޒާމު ބަދަލުނުކޮށް ދިޔަ ނަމަވެސް ލިބޭނެ މޮޅެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ގެ މިހާރު މި އޮތް ރިޔާސީ ނިޒާމުގައިވެސް، ވެރިކަން ހިންގުމުގައި މިހާރު ކުރިޔަށް މިދާ ކަންކަމުގައިވެސް ގޯސްކަންކަން ހުރި ނަމަ ނިޒާމު ބަދަލުނުކޮށް ކަންކަން އިސްލާހު ކުރެވިދާނެ،” ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ ރައީސް ސޯލިހަށް ފަސް އަހަރުގެ ދައުރަކަށް ކަމަށާއި، ފަސް އަހަރު ދައުރެއް ފުރިހަމަ ނުކޮށް އިންތިހާބަކަށް ދެވޭނެ އެއްވެސް ވާހަކައަކީ ތާއީދު ކުރާނެ ވާހަކަތަކެއް ނޫން ކަމަށެވެ.

 

ޝިފާއު އިތުރަށް ވިދާޅުވީ ސަރުކާރު ހިންގުމުގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލުކުރާ ކަމަށާއި އެތައް ބައިވަރު ފުށުއެރުންތަކެއްވެސް އެބަހުރިކަމަށެވެ. ނަމަވެސް ރައްޔިތު މީހާ ދިން ވޯޓަށް އިހުތިރާމް ނުކޮށް އަނެއްކާ ގޮސް މެދުތެރެއިން ރައްޔިތު މީހާގެ ކައިރީގައި ވޯޓެއްގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ޑިމޮކްރެސީގެ އެންމެ މުހިއްމު އަސާސަކީ ރައްޔިތު މީހާގެ ވޯޓަށް އިހުތިރާމް ކުރުން. ރައްޔިތު މީހާ އޭރުދިން ވޯޓަކީ ރައީސް ސޯލިހަށް ފަސް އަހަރު ފުރިހަމަ ރިޔާސީ ދައުރަކަށް ދިން ވޯޓެއް. އެ ވޯޓު ހޯދަން ގޮސްފައި ނުބުނަން އެހެން ވާހަކައެއް” ޝިފާއު ވިދާޅުވިއެވެ.

ބަރުލަމާނީ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކޮށްދިނުމަށްވެސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި އެދިވަޑައިގެންފަ އެވެ. އެއާއެކު މަޖިލީހުގެ 13 މެންބަރަކު މިހާރު ވަނީ އެ ޕެޓިޝަނުގައި ސޮއި ވެސް ކުރައްވާފަ އެވެ. ބަރުލަމާނީ ޕެޓިޝަން ހެދުމުގެ ކުރިން ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރު ކަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: