ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސަރުކާރަކީ އުންމީދުތަކާއި ގުޅިފައި އޮތް ސަރުކާރެއް: މެމްބަރު ޝިފާއު

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ސަރުކާރެއްކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި މަޖިލީހުގައ ތިއްބަވާ ގިނަ އަދަދެއްގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ބުރަ މަސައްކަތްތައް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުންދަނީ މެމްބަރުންގެވެސް ބުރަ މަސައްކަތްތަކާއިއެކު ބާރު ދުވެއްޔެއްގައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދެމުންކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ހުއްޓުވާލާފައި އޮތްނަމަވެސް، ރައީސް ސާލިހުގެ ހިތްވަރު ބަލި ނުކުރެވޭނެކަމަށާއި މަޖިލީހުގައި ބޮޑު ތަޅު އަޅުވާފައި ހުރިނަމަވެސް ރައީސް ސާލިހު ވަރުބަލިވެސް ނުކުރެވޭނެކަމަށެވެ. ޝިފާއު ވިދާޅުވީ، ކޮންމެ ފަދަ ދަތިތަކެއް ކުރިމަތިކުރުވި ނަމަވެސް ސަރުކާރުންދާނީ ރައްޔިތުން ބޭނުންވާ ކަންކަން ބާރު ދުވެއްޔެއްގައި ފުރިހަމަކުރަމުންކަމަށެވެ.

ޝިފާއު ވިދާޅުވީ، ސާފު ބޯފެނަކީ ވެރިކަން ކުރާ ރަށާއި އާބާދީ ބޮޑު މަދު ރަށްތަކަށް ހައްގު އެއްޗެއްކަމަށް ގަބޫލުކޮށްގެން ވެރިކަން ކުރެވެމުންދާތާ އެތައް ސަތޭކަ އަހަރެއް ވެފައިވާކަމަށެވެ. އެހެންނަމަވެސް ރައީސް ސާލިހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކަކީ ގައިން ތާހިރުވުމަށާއި ބުއިމުގެ ބޭނުމަށް އެންމެހާ ރަށްތަކަށް ސާފު ބޯފެން ފޯރުކޮށްދިނުންކަަމަށް ޝިފާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: