ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ހިންގިކަމަށް އިއުތިރާފުވި ކައުންސިލަށް ނަސޭހަތް ދިނުމުން ހައިލަމްގެ ފާޑުކިއުން

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވާފަރު ކައުންސިލަރުންނަށް ކުރެވޭ ތުހުމަތުތަކަކީ ނަސޭހަތްދީގެން ފަރުޖެއްސޭނެ މައްސަލައެއް ނޫންކަމަށް ކްރިމިނަލް ކޯޓޫގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހައިލަމް ވިދާޅުވީ ދުވާފަރު މައްސަލާގައި ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމަށް ޕީޖީ އޮފީހުން ނިންމަންޖެހުނީ، މައްސަލާގައި ތުހުމަތުކުރެވޭ ރ.ކަނދޮޅުދޫ، ރިހިތަޅާގެ މުޙައްމަދު ޢަލިފުޅު (ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު) އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙްމަދު މުޙައްމަދުފުޅު (ރ.ކަނދޮޅުދޫ، ރިހިތަޅާގެ) ގެ ބައްޕަ ކަމަށްވުމުން ކަމަށް ވަނީ މައޫލޫމާތު ލިބިފައިކަމަށެވެ. އަދި އޭނާވަނީ އަޙްމަދު މުޙައްމަދުފުޅު މި މަގާމަށް އައްޔަނުކޮށްފައިވާކަން އިއުލާނުކޮށް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ހަބަރުވެސް ޓުވީޓުގައި ހިއްސާކުރައްވާފައެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރާ، ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ފާށާފައެވެ. މިކަމާއި ގުޅިގެން ހައިލަމް ވަނީ މިއީ މިފަދަ އެއްބަސްވުމެއް އެކުލަވާލެވިދާނެ މައްސަލައެއްތޯ ސުވާލުއުފައްދާފައެވެ. ހައިލަމް ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 98 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ނަސޭހަތްދެވޭ ކުށަށް ކަނޑައެޅިފައިވާ އަދަބު 1 އަހަރުދުވަހުގެ ޖަލު އަދަބަށްވުރެ ބޮޑުވެގެންނުވާނެކަމަށެވެ. އެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ 4، 5 އަދި 11 ވަނަ ނަންބަރުގައި މުޖުތަމަޢުގެ ޒިންމާދާރު މަޤާމުގައި ތިބޭ މީހުންނާއި، ދައުލަތުގެ މުވައްޒަފުން އެމީހުންގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގާ ޖިނާއީ ކުށްތަކުގައި ނަސޭހަތްދިނުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ބަޔާންކޮށްފައިވާއިރު، ކުށްކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭނަމަ، ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ އެފަދަ މީހުންގެ މައްޗަށް ދަޢުވާކުރުން އޮންނަކަމަށް ހައިލަމް ވަނީ ފާހަގަކޮށްފައެވެ.

މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަކީ މުޖުތަމަޢުގެ ޒިންމާދާރު މަޤާމުތަކުގައި ތިބެ އެމީހުންގެ ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި، 2 މިލިއަނަށްވުރެ ގިނަ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތު ކުރެވޭ ބަޔެއްކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަކީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށްކަމަށްވާއިރު އެއީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުއަދަބު އަންނާނެ ކުށެއްކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ. އެޤާނޫނުގެ 516 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ތުތުހުމަދުކުރެވޭއިރު، 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލުއަދަބެއް އަންނާނެކަމަށްވެސް ބުނެފައެވެ. ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގައި 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލުއަދަބެއް އަންނާނެކަމަށްވެސް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ހައިލަމް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ހަމަހަމަކަމާއި، ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، މި މައްސަލައާއި، ސިޔާސީ ފަރާތްތަކާއި ގުޅުންހުންނަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ނިންމުންތައް މި ދެންނެވުނު އަސާސްތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަމުންގެންދަވާގޮތް ބައްލަވައިދެއްވައި، ދިވެހި ރައްޔިތުންނާމެދު ޕީޖީ ޢަމަލު ކުރައްވަމުން ގެންދަވަނީ ހަމަހަމަކަމާއެކުގައިކަން ކަށަވަރުކޮށްދެއްވުމަށް އޭނާ ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: