ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީން އަލީވަހީދުގެ މައްޗަށް ދައުވާ އުފުލީ ބައެއްގެ ނުފޫޒުގައި ޖެހިގެން: ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ނިންމެވީ ބައެއްގެ ނުފޫޒުގައި ޖެހިގެން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ. 

ޕީޖީ އޮފީސް ޓެގް ކުރައްވައި ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހެކި ހުރެގެން ދަޢުވާ ކުރެވުނު މައްސަލަތަކެއް ހެކިބަސް ނަގަން ފެށުމުގެ ކުރިން ފައިލް ކުރުމަށް ޕީޖީ ނިންމެވީ ކޮންމެވެސް ބައެއްގެ ނުފޫޒުގައި ޖެހިގެން ކަމަށެވެ. 

ޕީޖީ ނުފޫޒުގައި ޖެހިފައިވާކަމީ ދެކޮޅުހެދެން ނެތް ހަގީގަތެއް ކަމަަށް ހައިލަމް ވިދާޅުވިއެވެ. 

ހަމައެކަނި އަނިޔާލިބޭ ފަރާތުގެ މައްޗަށް ބަރޯސާވެ ދައުލަތުން ދައުވާކުރަނީ ހަމައެކަނި ކުޑަކުދިންގެ މައްސަލަތަކުގައި ކަމަށާއި، އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ބަޔާނުގައި އަނިޔާލިބުނު މީހުންނާއި ހެކިންނަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެވި،  އެކަން ފާހަގަކޮށް ކޯޓްގައި އެވާހަކަ ބުނެފައިވާ  ކަމަށް ހައިލަމް ވިދާޅުވިއެވެ.  އެގޮތުން އަނިޔާ ލިބޭ މީހުންނާއި ހެކިން ތަހުގީގަށް ދޭ ބަޔާންތައް ބަދަލުކުރުމަށް އެދި ފުލުހުންނާއި ޕީޖީ އޮފީހަށްސިޓީ ފޮނުވުމަކީ އާއްމު ކަމެއް ކަމަށް އޭނާ  ވިދާޅުވިއެވެ.

ޕީޖީ އޮފީހަށް ފުލުހުންގެ ފަރާތުން ލިބޭ ސިޓީއަކާއި ގުޅިގެން އެ މުއައްސަސާ އަށް ހުށަހެޅޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ދޭ ބަޔާންތަކާއި ދައުވާ ބަދަލުކުރުމަކީ ހިނގާ ކަމެއްކަމަށް ބާރުދޭފަދަ ގޮތަކަށް ސިފަކުރައްވައި ހައިލަމް ވިދާޅުވީ ދައުވާ ބަދލުކުރުމަށް އެދި ފޮނުވާ ސިޓީތަކާއި ގުޅިގެން މީގެ ކުރިން މައްސަލަތައް ފައިލްކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މިފަހަރު އެ އުސޫލު ބަދަލުވީ ކީއްވެގެންތޯ ވިދާޅުވެ އޭނާ ވަނީ  ޕީޖީ އޮފީހާއި އެކަމުގައި ސުވާލުކޮށްފައެވެ.

މީގެ އިތުރުން ހައިލަމް އުފެއްދެވި ސުވާލުގައި އަނިޔާލިބޭ ފަރާތްތަކާއި ހެކިން ބަޔާން ބަދަލުކުރުމަށް އެދުމުން މަރުގެ މައްސަލަތަކުގައި ވެސް ދެން ހިނގާނީ ހަމަ މި އުސޫލުތޯ  އާއި އެކަމުގައި ކަންބޮޑުވުން އޮތްކަން ފާހަގަކޮށް  އޭނާ އެކަން ސިފަކުރެއްވީ  ބިރުވެރި ދޮރެއް ހުޅުވިގެން ދިޔަ ކަމެއްގެ ގޮތުގައި ހައިލަމް ސިފަކުރެއްވިއެވ
އަލީ ވަހީދުގެ މައްސަލައިގައި ހައިލަމް އިތުރަށް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް 6 ދައުވާ ކުރެވިފައިވާއިރު، އެއިން އެއްވެސް މައްސަލައެއްގައި ހެކިބަސް ނެގިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ސާބިތުވިކަން ނުވަތަ ނޫންކަން ދައުލަތަށް އެނގުނު ގޮތަކާއި މެދު ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. ބޭނުން ގައުމަށް ދިއުމަށް ފުރުސަތު ދިނުމުން އަލީ ވަހީދު އެންމެ ފުރަތަމަ އެތެރެވީ ތުރުކީ އަށެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ބުނެ ހުށަހެޅުމުން ކޯޓުން އޭނާއަށް އެ މުއްދަތު ދިނެވެ. އަދި މައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމި އެވެ. އެ ނިންމުމާއި މެދު ހިތްހަމަނުޖެހި ދައުލަތުން މައްސަލަ ހިފައިގެން ހައިކޯޓަށް ދިއުމުން މައްސަލަ ބޭރުކޮށްލި އެވެ. އެއަށް ފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން، އެ ކޯޓުން މައްސަލަ ބަލައިގަނެ އަލީ ވަހީދަށް ޗިޓު ފޮނުވި އެވެ. ޝަރީއަތަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް 2 މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަސް ނުގެންދެވިގެން ކްރިމިނަލް ކޯޓުން އެ ދައިވާތައް އަލުން އަނބުރާ ޕީޖީ އަށް ފޮނުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ޕީޖީ ވަނީ ފަހުން ދައުވާ ކުރާނެ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ފޮނުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: